ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކުރެވެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ

Sstv FORM FOR EC
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މައި ސިނާއަތް ކަމުގައިވިޔަސް، ގައުމުގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެހެން ދާއިރާތަކަށްވެސް އިންވެސްޓުކުރަން ޖެހޭ ކަމަށެވެ. މިގޮތުން، ރާއްޖޭގެ އިގުތިޞާދު ސިންދަފާތުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، 2030ވަނަ އަހަރުގެ ކުރިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް ޚިދުމަތްތަކުން ލިބޭ އާމްދަނީއަށް ހެދުމަށް އަމާޒުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރަށް ތިން އަހަރުވުމުގެ ކުރިން ޒަމާނީ ކްރިއޭޓަރު ހަބެއް ގާއިމުކޮށް، ޒުވާނުންނަށް އިތުރު ފުރުސަތުތަކާއި ވަސީލަތްތައް ފަހިކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ، އުރީދޫގެ އެހީތެރިކަމާއެކު ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޕޭޕަލްއަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ރައްކާތެރިކަމާއެކު އޮންލައިންކޮށް ފައިސާ ފޮނުވުމާއި ބަލައިގަތުމުގެ ފުރުސަތު ހުޅުވާލައިދޭ ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމެކެވެ. މީގެ ސަބަބުން، ބޭންކް އެކައުންޓް ނުވަތަ ކާޑުގެ މައުލޫމާތު ސީދާ ހިއްސާނުކޮށް، އީކޮމާސް ވިޔަފާރިތަކާއި އޮންލައިން މުޢާމަލާތްތައް ފުޅާދާއިރާއެއްގައި ކުރުމުގެ މަގު ދިވެހިންނަށް ފަހިވެގެންދާނެއެވެ. މިއީ ޑިޖިޓަލް އިގުތިޞާދެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެއެވެ.

HajjCop_ads
Advertisement

އިގުތިޞާދު ސިންދަފާތުކުރަން ޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއިރު، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ 5 އިންސައްތަ ދަށްވެފައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 994,901 ފަތުރުވެރިންނެވެ. އެއް މިލިއަން ފަތުރުވެރިން ހަމަކުރުމަށް އަދި 5,099 ފަތުރުވެރިން ބޭނުންވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ސަބަބުން ގައުމަށް ވަންނަ ބޭރު ފައިސާގެ މިންވަރު ދަށްވެ، މިއީ އިގުތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

367637 c81b0517 b

ގައުމު ބަނގުރޫޓުވާން އެދޭ ބަޔަކު ތިބުމުން ކަންބޮޑުވޭ: މިނިސްޓަރު ސައީދު

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

minister saeed

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ދިވެހީންގެ 100 ޕަސަންޓު މިލްކެއް، ދޮގު ވާހަކަ ނުފަތުރާ!

Saeed

ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އިންވެސްޓަރުން ގެނައުމަށް އޮނިގަނޑުތައް ހަރުދަނާކުރުން މުހިންމު: ސައީދު