ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެސީގެ ހެޓްރިކާއެކު އާޖެންޓީނާއިން ފެށީ ގަދަކޮށް!

Argentinas-Lionel-Messi
STO_Ads
TTH_Ads
Maldivian_Ads
Advertisement

ލިއޮނަލް މެސީގެ ހެޓްރިކާ އެކު، 3-0 އިން އަލްޖީރިއާ ބަލިކޮށް ފީފާ ވޯލްޑްކަޕްގައި އާޖެންޓީނާގެ ފަށުން ގަދަކޮށްފިއެވެ.

މިއަދު ހެނދުނު އަލްޖީރިއާއާ ދެކޮޅަށް ކަންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަޖެންޓީނާގެ ތިން ލަނޑުވެސް ޖެހީ ކެޕްޓަން މެސީއެވެ. ގައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗުގައި ޖެހި ތިން ލަނޑު ވެގެންގޮސްފައިވަނީ ވޯލްޑްކަޕްގައި މެސީގެ ފުރަތަމަ ހެޓްރިކަށެވެ. އަދި ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ލިސްޓްގެ ކުރީގައި އޮތް ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރެކޯޑާވެސް މެސީ ވަނީ އަރާ ހަމަކޮށްފައެވެ. އެއީ 16 ލަނޑު ހަމަކޮށްގެންނެވެ.

މީގެއިތުރުން ހަވަނަ ވޯލްޑްކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފްވެސް މެސީއަށް ވަނީ ލިބިފައެވެ. މިޝަރަފް ލިބުނީ ގައުމީ ޖަރޒީގައި ކުޅުނު 200 ވަނަ މެޗުގައެވެ. މިރޭ ޕޯޗްގަލް ކުޅޭ މެޗުން ރޮނަލްޑޯއަށްވެސް އެޝަރަފް ލިބޭނެއެވެ.

HajjCop_ads
Advertisement

މެޗު ފަށައިގެން 4 ވަނަ މިނެޓުގައ މެސީ ގޯލެއް ޖެހިއެވެ. ނަމަވެސް އެ ގޯލް ނިންމީ އެފްސައިޑް ގޯލަކަށެވެ. އޭގެ ފަހުން އަލްޖީރިއާގެ ފަރެޝް ޖެހި ގޯލުވެސް ވަނީ އޮފްސައިޑްކަމަށް ނިންމާފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި އާޖެންޓީނާއިން ލީޑު ނެގީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް މެސީ އަމާޒުކޮށްލި ބޯޅައާއެކު ޖެހި ގޯލުންނެެވެ. އެ ބޯޅަ ގޯލަށް ވަނީ އަލްޖީރިއާގެ ގޯލުގައި ހުރި ފްރާންސްގެ ކުރީގެ ތަރި ޒިނެދިން ޒިދާންގެ ދަރިފުޅު، ލޫކަ ޒިދާން އަތުގައި ޖެހިފައެވެ. މެޗުގެ 60 ވަނަ މިނިޓްގައި މެސީ ވަނީ އާޖެންޓީނާގެ ދެ ވަނަ ލަނޑު ޖަހައިދީފައެވެ. އަދި ހެޓްރިކް ހަދަން މެޗުގެ 66 ވަނަ މިނިޓްގައި ފޮނުވާލި ބޯޅަ ކީޕަރު ޒިދާން ވަނީ ހުއްޓުވައިފައެވެ.  މެސީ ވަނީ 76 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ހެޓްރިކް ހަދާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި

J4ZZO2IFCZKUJME3Y5WO7LCNWM

މެސީ ޤައުމީ ޓީމަށް ނަގައިފި، މިއީ ވަދާޢީ މެޗު

C4b8e24d3155b10bbfa25c4ef57b2691

ބޯނަސް ނުލިބޭތީ އާޖެންޓީނާގެ ކޯޗު ސްކަލޯނީ އެއްބަސްވުން އައުކުރަން ބޭނުމެއްނޫން!

OXG24QD4NVNDDLRUPTEHG4MKVY

މިޞްރުގެ ކޯޗު ހޮސާމް އެއްބަސްވުން އައުކޮށްފި