އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅާ ސަފީރަކަށް ޠާރިޤް އިބްރާހީމް އަދި ޤަތަރަށް ކަނޑައަޅާ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަނު ކުރުމަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އަހާފައިވެއެވެ.
މިއަދު ނެގުނު ވޯޓުގައި ތާރިޤް އިބްރާހިމް ޔޫއޭއީގެ ސަފީރު ކަމަށް އައްޔަނުކުރަން ފެންނަ ކަމަށް 57 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ޤަތަރަށް ކަނޑައަޅާ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަނުކުރަން ފެންނަ ކަމަށް ވެސް 57 މެމްބަރުން ވޯޓު ދެއްވިއެވެ.
ޠާރިޤް މީގެ ކުރިން ހުންނެވީ ސަރުކާރުގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުޖކަމުގެ މަގާމުގަ އެވެ. އަދި އާދަމް ޝަރީފް ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރުކަމުގެ މަގާމުގައެވެ.










ކިޔުންތެރިންގެ ހިޔާލު