ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތި ލޭބަލްކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހަމަހުގެ މުއްދަތެއް ދީފި

Igmh
TTH_Ads
STO_Ads
Advertisement

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އައު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހަމަހުގެ މުއްދަތެއް ދީފިއެވެ.

މިދިޔަ އަންގާރަ ދުވަހު ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާ މި ގަވާއިދުގެ ދަށުން، ޕެކެޓުކޮށް ލޭބަލްކޮށްފައިވާ ކާބޯތަކެތި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެއްތުމަށް ވަނީ އަންގާފައެވެ. މިކަމަށްޓަކައި 6 މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، މި މުއްދަތުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލްކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން، ގަވާއިދާ ހިލާފުވާ ފަރާތްތައް 1000000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެކަން ވަނީ އިއުލާނުކޮށްފައެވެ.

HajjCop_ads
Advertisement

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، 5 ފަހަރަށް ވުރެ ގިނައިން މި ކުށް ތަކުރާރުކޮށްފިނަމަ 1000000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ލޭބަލްނުކޮށް ނުވަތަ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

އާންމު ފިހާރަތަކުގައި އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކުން މަނާކޮށްފި

Qw

ހުއްދަ ނެތި ބޭސް އެތެރެކުރާ ފަރާތްތައް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އާ ގަވާއިދެއް

Qw

ފުޓް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ޖޫރިމަނާ ކުރެވޭ އުސޫލެއް ނެރެފި

health ministry

ސާބިތުނުވާ ބަރުދަން ލުއިކުރާ އުފެއްދުންތައް އިޝްތިހާރުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ދީފި