ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރިކަން: ޚުތުބާ

hukuru namaadu
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދެއްވި ހުކުރު ޚުތުބާގެ މައުޟޫއަކީ  “ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން”އެވެ.

ޚިތުބާގައި ވިދާޅުވީ، ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށްދިއުންކަމަށެވެ. ނަމަވެސް އެއަށް ވުރެ މާފުޅާ މާނައެއް ހިޖުރައިގައިވާކަމަށެވެ. ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

HajjCop_ads
Advertisement

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު ޢިބުރަތްތަކަކާއި ދަރުސްތަކެއްވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅުކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ގާތްތިމާގެ ބޭފުޅުންނާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ދެންނެވި ކަންކަން، އިސްލާމްދީނުގެ ދިފާޢުގައި ޤުރުބާންކުރައްވައިފައި.

ޚުތުބާގައި ވިދާޅުވިއެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ދެމިތިބޭނޭ ކަމުގެ ފިލާވަޅުކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ. ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށްވެސް ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ހިޖުރައިގެ ޒިކުރާ، ގުޅިފައިވަނީ މާތް ނަބިއްޔާ މައްކާއިން މަދީނާ އަށް ވަޑައިގެންނެވި މަތިވެރި ޙާދިޘާ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ޙާދިޘާ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

478614103

ބޭންކަށް ޑޮލަރު މާރުނުކުރަނީ ރަހާ ރިސޯޓާއި، ސައުތު ޕާމް ރިސޯޓު!

Big vAxBV8h38BvruCtKXKG4gC111

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ހުރި ފުރުޞަތުތަކާގުޅޭ ޚާއްޞަ އޯޕަން ޑޭއެއް ބާއްވައިފި

HQZ7Q17aQAAiLFz

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ޚާރިޖީ ވަޒީރު

470636 9cfacb33 2

ޕަލާއޫގެ ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި