ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގައި ބާކީތިބި މީސްކޮޅުވެސް މަރައިހުސްކުރަނީ، ޣައްޒާގެ ނަސްލުނައްތާލަނީކަމަށް ހުޅަނގުން ނުދެކޭ

ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އާއިލާތައް ދިރިއުޅޭ ޓެންޓުތަކަށް އިސްތިއުމާރީ ސިފައިން ބޮންއަޅަނީ:
STO_Ads
TTH_Ads
Advertisement

އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދޭ ހަމަލާތައް ފުޅާކޮށް ގިނަބަޔަކު ޝަހީދުކުރަން ފަށައިފިއެވެ.

ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާދީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލި މީހުންގެ އަދަދު 10 އަރާފައި ވާއިރު، އިތުރު 20 މީހުން ޒަޚަމްވެފައި ވެއެވެ.

އިސްތިއުމާރީ ސިފައިން ގެންދަނީ، ޣައްޒާގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އާއިލާތަށް ދިރިއުޅޭ ވަގުތީ ޓެންޓުތަކަށާއި، އާންމުން އެއްވެ އުޅޭ ތަންތަނަށާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ޑްރޯން ފޮނުވައިގެން ބޮންއަޅައި، މިސައިލާއި ބޮޑުބަޑީގެ ހަމަލާތައްވެސް ދެމުންނެވެ.

MMA_Ads
HajjCop_ads
Advertisement

އަދި އާންމުގެ ގެތަކަށް އަސްކަރީ ޖެޓުތަކުންވެސް ބޮންއަޅަމުން އެބަ ގެންދެއެވެ.

ހާލުގައި ޖެހިފައިވާ އާއިލާތައް ދިރިއުޅޭ ޓެންޓުތަކަށާއި، އެޕާޓްމަންޓް އިމާރާތްތަކުގައި ކުޑަކުދިންނާއި އަންހެނުން ނިދަން ތިއްބައި ބޮންއަޅައި އެތައް އާއިލާއެއް އަންދައި ޝަހީދުކުރަމުން އެބަ ގެންދެއެވެ. އެތައް ކުޑަކުދީން ޝަހީދުކުރަމުން ގެންދެއެވެ.

ޣައްޒާގެ މަގުތަކުގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުބަލައި ފެންނަހާ މީހެއްގެ ގަޔަށް ޓެރަރިސްޓުން ބަޑިޖަހަމުން އެބަ ގެންދެއެވެ.

ޣައްޒާގެ އުތުރާއި، ޣައްޒާގެ މެދުތެރެއާއި ޣައްޒާގެ ދެކުނުގެ ހުރިހާ ހިސާބަކަށްވެސް ޓެރަރިސްޓުން ގެންދަނީ ހަމަލާތައް ދެމުންނެވެ.

ހާލުގައި ޖެހިފައިވާ އާންމުން ތޮއްޖެހިގެން ދިރިއުޅޭ ފޭލިގެ އަވަށްތަކުން މީހުން ނެރެ، މަގުމަތިކޮށް އަވަށްތައް އެކަށް ސުންނާފަތިވެސް ކުރަމުން އެބަ ގެންދެއެވެ.

ޚާއްސަކޮށް ޣައްޒާގެ ދެކުނުގައި އެތައްލައްކަ މީހުން ތޮއްޖެހިގެން ދިރިއުޅޭ ޚާން ޔޫނިސްގެ އަވަށްތަކަށް ރޭގައި ބޮންއަޅައި ބިމާހަމަކޮށްލާފައި ވެއެވެ.

ޣައްޒާގައި ތިބި މަދު ނޫސްވެރިޔަކު ބުނަނީ، ޣައްޒާގެ އެއްވެސް ހިސާބެއްގައި އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށާއި، ޣައްޒާގައި އިސްތިއުމާރީ ސިފައިން ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތައް ރެކޯޑްކުރެވޭނެ ފަދަވެސް މިހާރު ނެތް ކަމަށެވެ.

ޚާއްސަކޮށް ނޫސްވެރިއެއްކަން އެނގެންޏާ އިސްތިއުމާރީ ސިފައިން އެމީހަކަށް ހަމަލާދީ ޝަހީދުކޮށްލައެވެ.

އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓުން ޣައްޒާގެ ނަސްލު އެކަށް ނައްތާލަން ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި އެތައްހާސް ކުޑަކުދިން ޝަހީދުކޮށް އެތައްހާސް އާއިލާއެއް ވުޖޫދުންވެސް ފޮހެލާފައި ވެއެވެ.

އިސްތިއުމާރީ ދައުލަތުން 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޣައްޒާއިން 73،000 އަށްވުރެ ގިނަ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި އާންމުން ޝަހީދުކޮށް މުޅި ޣައްޒާ ސުންނާފަތިކޮށް ބިމާހަމަކޮށްލާފައި ވާއިރު، މި ހުރިހާ ޖަރީމާތަކެއް ހިންގަމުން ގެންދަނީ ދުނިޔޭގެ އެންމެންގެ ލޯކުރިމަތީގައެވެ.

އެކަމަކު، އިސްތިއުމާރީ ދައުލަތުން ޣައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާތަކެއް ހިންގާކަމަށް ގަބޫލުކުރާކަށް އީޔޫއާއި، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ވެރިން ބޭނުމެއް ނުވެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުން ބުނެގެން ލުބުނާނު ސަރުކާރުން ފޮނުވި ސިފައިންގެ ކޮމާންޑަރާއި އެތައް ސިފައިން މަރާލައިފި

އެމެރިކާއާއި އިސްރާއީލުން ކުޑަކުދިން މަރަނީ އެކުދިންގެ ކޮން ކުށެއް އޮވެގެންތޯ؟ – އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

ޣައްޒާގެ އެތައް ކުޑަކުދިންނާއި، އަންހެނުން ނިދަންތިއްބައި ބޮންއަޅައި އަންދައި ޝަހީދުކޮށްލައިފި

ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުނުވީ އިސްރާއީލަށް ތާއީދުކުރާތީކަމަށް ވެދާނެ: ޖަރުމަން ޚާރިޖީ ވަޒީރު