ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއާއި އިސްރާއީލުން ކުޑަކުދިން މަރަނީ އެކުދިންގެ ކޮން ކުށެއް އޮވެގެންތޯ؟ – އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބަގާޔީ
TTH_Ads
Maldivian_Ads
STO_Ads
Advertisement

އެމެރިކާއާއި އިސްތިއުމާރީ އިސްރާއީލުން އެކި ގައުމުތަކުގައި ކުޑަކުދިން މަރަމުންގެންދާތީ އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބަގާޔީ އެމެރިކާއާއި އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި އިސްމާއީލް ބަގާޔީވަނީ، އެމެރިކާއާއި އިސްރާއީލުން ކުޑަކުދިން މަރަމުން ގެންދަނީ އެކުދިންގެ ކޮން ކުށެއް އޮވެގެންތޯ ސުވާލު ކުރައްވާފައެވެ.

ފަލަސްތީނުގެ ޣައްޒާއާއި، ހުޅަނގު އައްސޭރީގައާއި، ލުބުނާނުގެ ބެއިރޫތާއި، އީރާނުގެ މިނާބް، ލަމާރޑް އަދި ތެހެރާނާއި އަދި އެނޫންވެސް ގައުމުތަކުގައި ކުޑަކުދިންނަށް ހަމަލާދީ އެކުދިން މަރަމުން ގެންދަނީ ކީއްވެގެންތޯ، އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވަނީ ސުވާލު ކުރައްވާފައެވެ.

HajjCop_ads
Advertisement

އެ ގައުމުތަކާއި ރަށްތަކުގެ ކުޑަކުދިންގެ ބޮލަށް އެމެރިކާއާއި އިސްތިއުމާރީ އިސްރާއީލުން ބޮންއަޅައި އެކުދިން ދުނިޔެއިން ނެތިކޮށްލަމުން ގެންދިއުމަކީ އަސްކަރީ މަގްސަދެއް ނުވަތަ ސިޔާސީ މަސްލަހަތެއް ނުވަތަ އެއީ ސަލާމަތީ ކަމެއް ކަމަށް ބުނެ ދެއްކޭނެ އެއްވެސް ބަނަހާއެއް ނޯންނާނެ ކަމަށް އިސްމާއީލް ބަގާޔީ ވިދާޅުވިއެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބަގާޔީ ވިދާޅުވީ، ކުޑަކުދިންނަކީ ހަނގުރާމައިގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ބައެއް ނޫން ކަމަށާއި، އަދި އެއީ ހަނގުރާމައިގައި ބޭނުންކުރެވޭނެ ވަސީލަތެއްވެސް ނޫން ކަމަށެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ކުޑަކުދިންނާއި، އަންހެނުންނާއި އާންމުންގެ ބޮލަށް މިހާރުވެސް އަޅަމުންގެންދަނީ އެމެރިކާއިން ކެނޑިނޭޅި ފޯރުކޮށްދެމުންގެންދާ ބޮންތަކެވެ. ރޭގަނޑު ނިދަން ތިއްބައިވެސް ފޭލިގެ އަވަށްތަކަށް އަލިފާން ބޮންއަޅައި އާއިލާތައް އެކުގައި ގެންދަނީ އަންދައި ޝަހީދުކުރަމުންނެވެ.

ޣައްޒާގެ ނަސްލުނައްތަމުން މިހާރު އެ އުދުވާނު މުޅި ހުޅަނގު އައްސޭރިއަށް ފުޅާކޮށް ކޮންމެ ދުވަހަކު އެތައް ކުޑަކުދިންނާއި އާންމުން ޝަހީދުކުރަމުން ގެންދަނީ އެމެރިކާއިން ފޯރުކޮށްދޭ ބޮމާއި ހަތިޔާރުގެ ބޭނުންކޮށްގެންނެވެ.

އިސްތިއުމާރީ އިސްރާއީލުން މުޅި ލުބުނާނުގެ ދެކުނަށް ބޮމާއި މިސައިލުން ހަމަލާދީ އެތައް އާއިލާއެއް ކޮންމެ ދުވަހަކު މަރައި ސުންނާފަތި ކުރަމުން ގެންދަނީ އެމެރިކާއިން ހުއްޓާނުލާ ފޯރުކޮށްދޭ ހަތިޔާރުގެ ބޭނުންކޮށްގެންނެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުރި ޕްރައިމެރީ ސްކޫލަކަށް އެމެރިކާ ސިފައިން ފުލުފުލުހުން މިސައިލް ހަމަލާތައް ދިނުމުގެ ސަބަބުން އެތަކެއް ކުޑަކުދިންނާއި، ޓީޗަރުން މަރުވިއިރު، އެކަމުގެ ޒިންމާ އުފުލަންވެސް އެމެރިކާ ގެންދަނީ ދެކޮޅު ހަދަމުންނެވެ. އީރާނުގެ ވެރިރަށް ތެހެރާނާއި، އެހެން ރަށްތަކަށްވެސް އެމެރިކާއިން ހަމަލާދީ އެތައް ކުޑަކުދިންނާއި އެތައް އާއިލާއިން ދުނިޔެއިން ނައްތާލާފައި ވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް

އީރާނު އެއަރލައިންތަކުގެ ބައެއް ފްލައިޓްތައް ކެންސަލްކުރަން ފެށިނަމަވެސް ދަތުރުތައް ނުހުއްޓޭ