ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖުގެ އަޅުކަމަށް ފަހު ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އެދިއްޖެ

Hajjjj
STO_Ads
TTH_Ads
Advertisement

ހައްޖުގެ އަޅުކަމަށް ފަހު، އައިސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އެދިއްޖެއެވެ.

މިއަހަރު ހައްޖުވެރިން އެނބުރި ރާއްޖެ އަންނާނީ މާދަމާ އާއި އާދިއްތަ ދުވަހާއި ހޯމަ ދުވަހު އަދި އަންގާރަ ދުވަހުގެ ފްލައިޓްތަކުންނެވެ.

ރާއްޖެއިން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1،019 މީހުން ބައިވެރިވެއެވެ.

HajjCop_ads
MMA_Ads
Advertisement

އެޗްޕީއޭއިން މިއަދު ވަނީ ހައްޖު ނުވަތަ އުމްރާއިން އެނބުރި އައުމަށް ފަހު، ބަލިތަކުން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފައެވެ. އެއީ:

އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން
ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުން
ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން
ދަތުރުމައްޗާއި ހައްޖު/އުމްރާ އަޅުކަމުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން
ރޯގާޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ނުދިއުން
ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެ ކުދިން އުރާ ނުހެދުން
އަޅުކަމަށް ފަހު އެނބުރި ގައުމަށް އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން
ޑޮކްޓަރަށް ދައްކާއިރު ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއް ކަމުގައި މައުލޫމާތު ދިނުން
ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތައް:
ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
އަރާމުކުރުން
ހުންގަދަ ނަމަ ގައިގައި ފެން ހޭކުން
ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale hospital

ހުޅުމާޅެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

hajj umra

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 241 ޙައްޖުވެރިން ރާއްޖެ އަތުވެއްޖެ

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ

hajja and umra

ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ހުކުރު ދުވަހު