ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުން ފާހަގަކުރަން މަހާސިންތާއެއް ބާއްވަނީ

Shaheem
STO_Ads
TTH_Ads
Advertisement

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅުވައިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ

މި ހަރަކާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަހާ ދިމާކޮށް، އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި މަހާސިންތާގެ ހާއްސަ އެއް ކަމަކީ، މަސްޖިދުލްހަރަމްގެ އިމާމް، ޝެއިހު ޑރ. ޔާސިރް އައްދައުސަރީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާފައިވުމެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މަހާސިންތާގައި ޖުމްލަ 1,000 ބައިވެރިން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ޒުވާން އިމާމުންނާއި، ހަތީބުންގެ އިތުރުން ރާއްޖޭގެ ޒުވާން ހާފިޒުންވެސް ހިމެނެއެވެ.

MMA_Ads
HajjCop_ads
Advertisement

އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުންނަށް މާލެ އައިސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގައި 532 ޒުވާން ހަތީބުން އެބަތިއްބެވެ. އަދި ރަޖިސްޓްރީވެފައިވާ ހާފިޒުންގެ އަދަދަކީ 307 އެވެ. ސަރުކާރުގެ އަމާޒަކީ މި މަހާސިންތާ ފެށުމުގެ ކުރިން ޒުވާން ހަތީބުންގެ އަދަދު 1,000 އަށް ބޮޑުކުރުމެވެ.

މި މަހާސިންތާގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަސްތެރޭގައި އާންމުކޮށް ހުޅުވާލާނެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ޑައިމޯފިން ޓެރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

88887

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

43

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ތަންފީޒީ އިދާރާތަކުގެ ގުޅުން ހަރުދަނާކުރުމަށް އެމެެރިކާއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި