ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްޑީސީގެ ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު

hulhumale
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ބައެއް ޔުނިޓްތައް އުސޫލުތަކާއި ހިލާފަށް ކުއްޔަށް ދޫކުރަމުންދާ މައްސަލާގައި މިދިޔަ މަހު އެކަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެކަކު ޖޫރިމަނާކޮށް އިތުރު ތިން މީހަކަށް ލިޔުމުން އިންޒާރު ދިނުމުގެ އިތުރުން އެފަދަ އިތުރު ދެ މައްސަލައެއް މިހާރު ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެހެން ނަމަވެސް، ޖޫރިމަނާ ކޮށްފައިވާ އަދަދެއް ހާމަކޮށްފައެއްނުވެއެވެ.

HajjCop_ads
Advertisement

އެފްޑީސީގެ ހައުސިން ޔުނިޓްތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކޮށްފައިވާ ތަންތަން ކަމަށާއި ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެ އެފްޑިސީ އިން ބުނެއެވެ.

ފްލެޓު ކުއްޔަށް ދޫކުރަން އިޝްތިހާރުކުރާ ޕޭޖުތަކުގައި މި ފްލެޓުތައް ކުއްޔަށް ދޫކުރަން ދޭތެރެއަކުން ޖަހަާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން، މިދިޔަ ފެބްރުއަރީ މަހު ވަނީ އަމާން އުދަރެސްގެ ފްލެޓެއްގައި ބިދޭސީން ލޭބަ ކުއާޓާ ހަދަން ދިން މައްސަލައެއް ވެސް ފެންމަތިވެފައެވެ.

އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެ ތަނުން އެ މީހުން ނެރެ، ފަހުން ފްލެޓު ލިބުނު އާއިލާ އެތަނުގައި ދިރިއުޅެން ފެށި ކަމަށް ކުރިން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ހާމަކުރައްވާފައިވެއެވެ.

އެކަމާ ގުޅިގެން ހަމްދާން ވިދާޅުވީ އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް އެ ފްލެޓުތައް ބޭނުންކުރުމުން ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް އެ ދެވެނީ ބޮޑު ދެރައެއް ކަމަށެވެ.

އެގޮތުން، ކުއްޔަށްދޭ ފްލެޓްތައް ބަލައި، އެކަމާ ގުޅިގެން އެފްޑީސީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެއްވިއެވެ.

ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އަދި އެއީ ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް ފްލެޓްގެ އެއްބަސްވުމުގައި އޮވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78c09bfe 4963 47f0 9d73 70c78190a53a

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމަށް ފައިހަތު

Fahi flats

އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ އެފްޑީސީން މިއަދު ބައްދަލުކުރަނީ

hulhumale

އަމާން ޓަވަރުތަކުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް އެފްޑީސީ އިން ނިންމައިފި

Qw

އަމާން ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކޮށް ފިޔަވަޅު އަޅަނީ