ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ އެތައް ކުޑަކުދިންނާއި، އަންހެނުން ނިދަންތިއްބައި ބޮންއަޅައި އަންދައި ޝަހީދުކޮށްލައިފި

އިސްތިއުމާރީ ސިފައިން ރޭގައި ދިން ހަމަލާގެ ސަބަބުން އަލިފާން ރޯވެ އަނދަނީ:
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގައި އާންމުން ދިރިއުޅޭ އިމާރާތަކަށް އިސްތިއުމާރީ ޓެރަރިސްޓުން ރޭގައި ބޮންއަޅައި އެތައް ބަޔަކު ޝަހީދު ކޮށްލައިފިއެވެ.

ހަމަލާދިން ވަގުތަކީ އެ އިމާރާތުގައި ދިރިއުޅޭ މީހުން ނިދަންތިބި ވަގުތު ކަމަށް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.

އިސްތިއުމާރީ ސިފައިން ހަމަލާ ދިނުމާއެކު މުޅި އިމާރާތުގައި އަލިފާން ރޯވެ އަނދަން ފެށިއެވެ. އަލި އަލިފާން ނިއްވާ މީހުންނާއި، މީހުން ސަލާމަތްކުރާ ޓީމުތައް އެ ސަރަހައްދަށް ދިޔަ ނަމަވެސް އަލިފާން ރޯވެފައި  ހުރިލެއް ގަދަކަމުން ގާތް ނުވެވުނު ކަމަށް ޚަބަރުތައް ބުނެއެވެ.

HajjCop_ads
Advertisement

މި ހަމަލާގައި 9 މީހުން ޝަހީދުވި ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވާއިރު، އޭގެ ތެރޭގައި އިމާރާތުގެ އެޕާޓްމަންޓެއްގައި ނިދަންތިބި އެއް އާއިލާގެ 5 މެމްބަރުންވެސް ހިމެނޭ ކަމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ހަމަލާދިން އިމާރާތުގައި އާންމުން ދިރިއުޅޭ 4 އެޕާޓްމަންޓް ހުއްޓެވެ. ހަމަލާގެ ސަބަބުން މުޅި އިމާރާތުގައި އަލިފާން ރޯވިއެވެ. އަދި ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ އެތައް ބަޔަކު ތާށިވެ ނުނިކުމެވިފައި ތިބި ކަމަށް، މަންޒަރު ދުށް މީހުން ބުނެފައި ވެއެވެ.

މި ޓެރަރިސްޓު ހަމަލާގައި ޝަހީދުވި ގިނަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ރޭގައިވަނީ، ގާޒާ ސިޓީގެ އެހެން ހިސާބުތަކުގައި ހުރި އާންމުން ދިރިއުޅޭ އެތައް އިމާރާތަކަށްވެސް މިފަދަ ހަމަލާތައް ދީފައެވެ. އެ ވަގުތަކީ ގިނަމީހުން ނިދަންތިބި ވަގުތު ކަމަށްވެސް ބުނެފައި ވެއެވެ.

މިދިޔަ ހަފްތާގައި ޓެރަރިސްޓުންވަނީ ޣައްޒާގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ޓެންޓު އަވަށްތަކުގައި އެންމެން ނިދަން ތިއްބައި އަލިފާން ބޮންއަޅައި އެތައް ބަޔަކު އަންދައި ޝަހީދުކޮށްލާފައެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު އެއްބަސްވުމެއް ހެދިފައި ވީނަމަވެސް، އިސްތިއުމާރީ ޓެރަރިސްޓުން ރެއާއި ދުވާލު ގެންދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ޓެރަރިސްޓު ހަމަލާތައްދީ ކުޑަކުދިންނާއި، އަންހެނުންނާއި، އާންމުން ޝަހީދުކުރަމުންނެވެ.

ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ޒަޔަނިސްޓު ޓެރަރިސްޓު ދައުލަތުން ޣައްޒާގެ އާންމުން ޝަހީދުކޮށް ނަސްލުނައްތާލަމުން ގެންދާއިރު، ދުނިޔެ އޮތީ ކުޅި ބަލާށެވެ. ދުނިޔޭގެ ލީޑަރުން ތިބީ އެ މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެ 20 މީހަކު ހައްޔަރުކޮށްފި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި