ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު އިތުރު 2 ބޯޓު ގެންނަނީ

maldivian
STO_Ads
TTH_Ads
MPL_Ads
Advertisement

ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރަމުންދާ ޑޭޝް8ގެ ބޯޓުތައް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، އިތުރު 2 އޭޓީއާރު މަތިންދާ ބޯޓު ގެނައުމަށް އޯޑަރު ދީފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.

“ކުންފުނީގެ ތާރީޚުގައިވެސް އެންމެ ފަހުން މިގެނައި އޭޓީއާރު މަތިންދާބޯޓަކީ ބްރޭންޑް ނިއު މަތިންދާ ބޯޓެއް. އައިލެންޑް އޭވިއޭޝަންގެ ހަޔާތުގައިވެސް ދުވަހަކުވެސް ނުއެއް ގެނެވޭ ބްރޭންޑް ނިއު އެއަރކްރާފްޓެއް. އަބަދުވެސް ގެނެވެނީ، ޔޫޒްޑް އެއަރކްރާފްޓް. މިއާއެއްކޮށް މުޅިން އަލަށް ބްރޭންޑް ނިއު އެއަރކްރާފްޓެއް މި ގެނެވުނީ މި މަޝްރޫޢުގެ ތެރެއިން.” އިޔާސް

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ބޯޓުތައް، އޭޓީއާރުގެ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ، 2022ވަނަ އަހަރުއެވެ. މި މަޝްރޫޢަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން އިޔާސް ވިދާޅުވީ، އިތުރު ދެ ބޯޓެއް ގެނައުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ.

MPL_Ads
HajjCop_ads
Advertisement

އިޔާސް ވިދާޅުވީ، އަލަށް އޯޑަރު ދިން ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިއަހަރު ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެވަނަ ބޯޓުވެސް އަންނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެެވެ. މީގެ ސަބަބުން އެ ކުންފުނިން މިހާރު ބޭނުންކުރަމުންދާ ޑޭޝް 8 މަރުކާގެ ބޯޓުތައް ފޭސް-އައުޓްކޮށް، ފްލީޓް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ބޮޑުބައެއް ހާސިލްކުރެވޭނެކަން އިޔާސް ފާހަގަކުރެއްވިއެވެ.

ކުންފުނިން މިހާރު ބޭނުންކުރަމުންދާ ޑޭޝް 8ގެ ބޯޓުތަކަކީ، 2008 ވަނަ އަހަރުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ ބޯޓުތަކެއްކަން ފާހަގަކުރައްވައި އިޔާސް ވިދާޅުވީ، އެ ބޯޓުތަކަކީ މިހާރު ވަރަށް ދުވަސްވެފައިވާ ބޯޓުތަކެއް ކަމަށެވެ. އަދި މި ބޯޓުތަކުގެ މަރާމާތަށް ބޮޑު ހޭދައެއް ކުރަންޖެހޭކަންވެސް އިޔާސް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން މިހާރު މި ބޭނުންކުރަމުންދާ ޑޭޝް 8 ބޯޓުތަކަކީ، މިއީ ވަރަށް އޭޖް ވެފަ ހުރި ބޯޓުތަކެއް. އެހެންމެ މިހާރު އަޅުގަނޑުމެން މި ބޭނުންކުރަމުންދާ ބޯޓުގެ އޭޖް މިވަނީ 25 އަހަރަށްވުރެ މައްޗަށް ގޮސްފައި. އަދި މި މަރުކާގެ މަތިންދާބޯޓު ގާތްގަނޑަކަށް 2009 ނުވަތަ 2010ވަނަ އަހަރު މިވަނީ އިތުރަށް މެނުފެކްޗަރ ކުރުން ހުއްޓާލާފައި. އެހެންވުމުގެ ސަބަބުން އަދި މި ބޯޓުތައް އޭޖްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މި ބޯޓުތަކުގެ މެއިންޓެނެންސަށް ވަރަށް ބޮޑު ޚަރަދެއް އެބަ ކުރަންޖެހޭ.” އިޔާސް

މި ކަންތައްތަކުގެ ސަބަބުން ޑޭޝް8ގެ ބޯޓުތައް ފޭސްއައުޓް ކުރުމަށްފަހު އޭޓީއާރުގެ ފްލީޓަކަށް ބަދަލުކުރަން އެކުންފުނިން ނިންމާފައިވާ ކަމަށާއި، މިހާރުވެސް މޯލްޑިވިއަނުން އޭޓީއާރުގެ 5 ބޯޓު ގެނެސް އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާ ކަމަށް އިޔާސް ވިދާޅުވިއެވެ. މިގޮތުން މޯލްޑިވިއަނުން އެންމެފަހުން ގެނައި ބޯޓަކީ، މުޅިން އައު ބޯޓެއް ކަމަށް ވިދާޅުވިއެވެ.

 މޯލްޑިވިއަންގެ ފްލީޓުގައި 27 މަތިންދާ ބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ މަތިންދާ ބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާ ބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާ ބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާ ބޯޓާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާ ބޯޓު ހިމެނެއެވެ.

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން ދަނީ، މަސައްކަތްތަކެއް ކުރަމުންނެވެ. މި ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިލެންޑް އެވިއޭޝަން ހައުސިން ޔުނިޓުތައް ތަރައްޤީކުރަން ބަޔަކު ހޯދަނީ

43

ތައިލެންޑަށް ދަތުރުކުރާ މީހުން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި

Maldivian tourist arrival

ވައިޑް ބޮޑީ އެެއާކްރާފްޓްގައި 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވޭ: އަމީން

51362324 10155713772127583 8080561078536241152 n

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތައް އިތުރުކުރަނީ