ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅު ގެންނަނީ

Maldivian
MPL_Ads
TTH_Ads
STO_Ads
Advertisement

މި އަހަރުގެ ފަހުކޮޅު ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެވޭނަކަމަށާއި، އެއާއެކު ރަޝިޔާއާއި ދެކުނު ކޮރެއާއަށް ގައުމީ އެއާލައިނުން ދަތުރުތައް ފަށާނެ ކަމުގައި ގައުމީ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސްް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން ދައުލަތުގެ އެކި ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ގެނެސްދިނުމަށް ކުރިއަށްގެންދާ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިޔާސު ވިދާޅުވީ ފާއިތުވި އަހަރުގެ ޖަނަވަރީ މަހުގައި ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމަށްފަހު ދެވަނަ ބޯޓު ގެނައުމުގެ މަސައްކަތް ފެށި ނަމަވެސް އެކި ސަބަބުތަކާހުރެ ކުރިމަތިވި ތަފާތު ގޮންޖެހުންތަކުގެ ސަބަބުން އެ ބޯޓު ގެނައުމުގެ މަސައްކަތް ކުރިން އަމާޒުކުރި މުހުލަތަށްވުރެ ލަސްވެފައިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމުގައި ކުރިމަތިވި މައިގަނޑު ގޮންޖެހުމަކީ މޯލްޑިވިއަންއިން އެ ބޯޓު ހޯދުމުގެ މަސައްކަތް ފެށިއިރު އެފަދަ ބޯޓުތަކަށް އޮތް ޑިމާންޑު އިތުރުވުމުގެ ސަބަބުން ބާޒާރުގައި ބޯޓު ލިބެންހުރި މިންވަރު މަދުވުމެވެ.

MPL_Ads
HajjCop_ads
Advertisement

“މިކަމުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވެމުންދަނީ. އެހެންކަމުން އެއަރކްރާފްޓު އެވޭލަބިލިޓީ ވަރަށް ބޮޑަށް ލިމިޓްކޮށް ހުރީ. ޚާއްސަކޮށް އަޅުގަނޑުމެން ޗޫޒްކުރި ވައިޑްބޮޑީ. އެހެންވީމަ ލަސްތަކެއް އައިސްފަ މިވަނީ،” އިޔާސް ވިދާޅުވިއެވެ.

އިޔާސް އިތުރަށް ވިދާޅުވީ ބޯޓު ގެނައުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް، ގައުމީ އެއާލައިނުން ބޭނުންވާ މަރުކާގެ ބޯޓު އުފައްދާ އެއާބަސްް ކުންފުންޏާއެކު މަޝްވަރާކުރެވި ދެކެވުނު ވާހަކަތަކުން ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ފަހުކޮޅުގައި ދެވަނަ ވައިޑް މަތިންދާ ބޯޓު ރާއްޖެއަށް ގެނެވޭނެކަމުގެ އުންމީދު ލިބިފައިވާ ކަމަށެވެ. އަދި އެ ބޯޓު ގެނައުމާއެކު ކުރިން މޯލްޑިވިއަންއިން ދަތުރުނުކުރާ ބައެއް މަންޒިލުތަކަށް އަލަށް ދަތުރުތައް ފަށާނެ ކަމަށް އިޔާސް ވިދާޅުވިއެވެ.

އިޔާސް ވިދާޅުވި ގޮތުގައި މޯލްޑިވިއަންއިން އަލަށް ދަތުރުކުރާނެ މަންޒިލުތައް ކަނޑައެޅީ ބައިނަލްއަގުވާމީ ފެންވަރުގައި ފަންނީ ލަފާ ހޯދައިގެން، ހަރަދުގެ ގޮތުން ދެކޮޅުޖެހޭނެ ގޮތްތަައް ދެނެގަތުމަށް ދިރާސާތައްވެސް ހަދައިގެންނެވެ. އަދި އެ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ރަޝިޔާއާއި ކޮރެއާއަށް ގައުމީ އެއާލައިނުން ދަތުރުތައް ފަށާނެކަމަށް އެމްޑީ ވިދާޅުވިއެވެ.

“މިމަސައްކަތާއެކު އަޅުގަނޑުމެން ވާނެ މިކަމުގައި ބައިނަލްއަޤުވާމީ ފްރޮފެޝަނަލް ކޮންސެލްޓަންސީ މަސައްކަތްތަކެއް ކުރެވިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަން ބަލާއިރު އަޅުގަނޑުމެން އެންމެ އިސްކަންދޭންވީ ކޮން ތަންތަނެއްތޯ ބެލުމަށް ފީސަބިލިޓީ ސްޓަޑީތަކެއް ވާނީ ހަދާފައި. އެގޮތުގެމަތިން ކުރިއަށްއޮތްތާގައި އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ދެވަނަ މަތިންދާ ބޯޓު ގެނައުމާއެކު ރަޝިޔާއާއި ސައުތު ކޮރެއާއަށް ދަތުރުތައް ފެށުމަށް މަސައްކަތް މިހާރު ކުރެވެމުންދަނީ.،” އިޔާސް

މޯލްޑިވިއަންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ވައިޑް-ބޮޑީ މަތިންދާބޯޓު ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެއް ގެނައި ހިދުމަތް ފެށީ ނިމުނު އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހެވެ.

މި މަތިންދާބޯޓު ހިދުމަތަށް ނެރުމާއެކު ސައުދީ އަރަބިއްޔާއާއި ޗައިނާގެ ބައެއް ސިޓީތަކާއި، އިންޑިޔާއާއި ބަންގުލަދޭޝަށް ގައުމީ އެއާލައިނުން މިހާރު އަންނަނީ ދަތުރުތައް ކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިލެންޑް އެވިއޭޝަން ހައުސިން ޔުނިޓުތައް ތަރައްޤީކުރަން ބަޔަކު ހޯދަނީ

43

ތައިލެންޑަށް ދަތުރުކުރާ މީހުން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި

Maldivian tourist arrival

ވައިޑް ބޮޑީ އެެއާކްރާފްޓްގައި 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވޭ: އަމީން

51362324 10155713772127583 8080561078536241152 n

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތައް އިތުރުކުރަނީ