ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަން އިން މިދިޔަ އަހަރު ހައްޖާއި އުމްރާގެ 26 ފްލައިޓް އޮޕަރޭޓްކޮށް ހަހާހަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތްދީފި

Io
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހައްޖާއި އުމްރާގެ ދަތުރުތަކަށް ޚާއްސަކޮށްގެން 26 ފްލައިޓެއް ކާމިޔާބުކަމާއެކު އޮޕަރޭޓްކޮށް، 6000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފިއެވެ.

މޯލްޑިވިއަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޖުމްލަ 6073 ފަސިންޖަރުން ވަނީ އެ އެއާލައިން މެދުވެރިކޮށް ހައްޖާއި އުމްރާގެ އަޅުކަމަށް ދަތުރުކޮށްފައެވެ. މީގެ ތެރޭގައި މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1016 ހައްޖާޖީންނާއެކު ދަތުރުކުރި ޚާއްސަ ހަތަރު ފްލައިޓް ހިމެނެއެވެ. މި ދަތުރުތަކަކީ ސީދާ ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކުރެވޭ ދަތުރުތަކަކަށް ވުމުން، ހައްޖު ކޯޕަރޭޝަނާއި އެހެނިހެން ޖަމާއަތްތަކަށް އަދި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.

ދިވެހި ހައްޖާޖީންނާއި އުމްރާވެރިންގެ މެދުގައި ގައުމީ އެއާލައިނަށް އޮންނަ މަގުބޫލުކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިކަމުގެ މައިގަނޑު ސަބަބަކީ އަމިއްލަ ގައުމުގެ އެއާލައިނެއްގައި ދަތުރުކުރުމުން ފަސިންޖަރުންނަށް ލިބޭ ހިތްހަމަޖެހުމާއި ގާތްކަމެވެ. ހާއްސަކޮށް ދިވެހި މުވައްޒަފުންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި، ގްރޫޕް ދަތުރުތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ހިދުމަތްތަކުގެ ސަބަބުން ދަތުރުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދެއެވެ.

HajjCop_ads
Advertisement

ބުމޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދަތުރުވެރިންނަށް ރައްކާތެރި، އިތުބާރު ހުރި އަދި ގަޑިއަށް ފަރުވާތެރި އޮޕަރޭޝަނެއް ފޯރުކޮށްދިނުމެވެ. މުޖުތަމައަށް ބޭނުންވާ މިފަދަ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުންފުނި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އެ އެއާލައިނުން ދެއެވެ. އަދި ފަސިންޖަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އިތުބާރު، ކުންފުނިން ވަރަށް ބޮޑަށް ބަލައިގަނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނުގެނޭ: އަމީން

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި