ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް ބާއްވަނީ

Maldivian
STO_Ads
Maldivian_Ads
TTH_Ads
Advertisement

ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް ބޮޑު އީދު ބަންދާ ދިމާކޮށް އިތުރުކޮށްފި އެވެ.

މިދުވަސްވަރު މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރީ އީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު އިންތިހާއަށް ބޮޑުވުމުން ނެވެ.

މި ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ޝެޑިއުލް ދަތުރުތަކުގެ އިތުުރުން، އިތުރު ފްލައިޓްތަކެއް ތާވަލުކޮށްފަ އެވެ. މިގޮތުން އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު އިތުރު ފްލައިޓްތަކެއް ބޭއްވުމަށް ނިންމާފައިވެ އެވެ.

HajjCop_ads
Advertisement

މޯލްޑިވިއަންއިން އިތުރު ދަތުރުތައް ތަވާލުކޮށްފައި ވަނީ:
* 30 މެއި (ހޮނިހިރު)- 9:25 މާލެ – ދަރަވަންދޫ
                10:35 ދަރަވަންދޫ – މާލެ
* 31 މެއި (އާދިއްތަ)- 19:50 މާލެ – ކޫއްޑޫ
                19:50 މާލެ – ކައްދޫ
                5:10 މާލެ – ހަނިމާދޫ
                6:40 ހަނިމާދޫ – މާލެ
                8:10 މާލެ – ހޯރަފުށި
                8:00 މާލެ – އިފުރު

އީދު ބަންދުތެރޭގައި މޯލްޑިވިއަނުންކުރާ އެތެރޭގެ ދަތުރުތައް އިތުރުކޮށްފައިވާކަމަށާއި، މި ފަހަރުގެ އީދު ބަންދުގައި 1،227 ދަތުރު އެ އެއާލައިނުން ކުރާނެކަމަށް އެ އެއާލައިނާ ހަވާލާދީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވެސް ވިދާޅުވެފައިވެއެވެ. 

އެހެން މަސްމަހު ކުރާ ދަތުރުތަކަށްވުރެ އީދު ބަންދުގައި ކުރާ ދަތުރުތައް މޯލްޑިވިއަނުން 20 އިންސައްތަ އިތުރުކޮށްފައިވާކަމަށް އޭރު ތަރުޖަމާނު ވިދާޅުވި އެވެ. އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އެކަނިވެސް 64،000 މީހުން ދަތުރުކުރާނެކަމަށް އަންދާޒާކުރެވޭކަމަށާއި އެހެން އެއާލައިންތަކުގެ ދަތުރުތަކާއެކު މި އަދަދު އިތުރުވެގެންދާނެކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. 

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި

Maldivian

އައިލެންޑް އޭވިއޭޝަންގެ އޮފީސްތަކެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ