ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހުން ފުރުސަތެއް ނުދޭނެ: އަބްދުއްރަހީމް

Io
TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނެގޭނެ ކަމަށާއި، އެ ފުރުޞަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕޭން އިފްތިތާޙުކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވުންމިއަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ބަދަލުކުރާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން، ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ކާމިޔާބީއެއް ނުހޯދޭނެކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުން ތިބީ ރައީސް ޑރ. މުޢިއްޒާއި ސަރުކާރާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޤާބިލުކަން އިދިކޮޅު އެމްޑީޕީގައި ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ފާޑުވިދާޅުވަމުން، ޢަބްދުއްރަޙީމް ވިދާޅުވީ އައްޑޫގެ މުހިންމު ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓަކު އެ ސިޓީގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ. އެ ދާއިރާގެ ގޮނޑި ޙައްޤުވަނީ ޕީއެންސީއަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރަންވާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއްބާރުލުންދޭނެ މެންބަރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި އިލެކްޝަން ޕީއެންސީން ކާމިޔާބުކުރާނީ، މީގެ ކުރިން އެ ދާއިރާގެ ގޮނޑި ފުރުއްވި މުޙައްމަދު ސިނާންގެ މަސައްކަތްޕުޅާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ގެނެސްދެވޭނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދިނުން ކަމަށާއި، އެކަމަށްޓަކައި މަޖިލީހުގެ ތެރެއިން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Abdul Raheem abdulla

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމު އޮތީ ދަރުވާލާފައި: އަބްދުއްރަހީމް

Ew

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް

Ew

އެމްޑީޕީ އޮތީ ފެއިލްވެފައި، އެ ޕާޓީން އިޤްތިޞާދީ ވާހަކަދެއްކުން ގޯސް: ޢަބްދުއްރަޙީމް

Sstv FORM FOR EC

ޕީއެންސީ އޮތީ ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކު: އަބްދުއްރަހީމް