ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނާޒިމާއެކު ޕީއެންސީގެ އެއްވެސް މެންބަރަކު ވަޑައިނުގަންނަވާނެ: ޝުޖާއު

Io
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރިޔަސް އޭނާއާއެކު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެއްވެސް މަޖިލިސް މެންބަރަކު ވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕް އޮތީ ބަދަހިކަމާއެކު ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަށް އަމާޒުކުރާ ކޮންމެ ހަމަލާއެއް ދިފާއުކުރަން ޕާލަމެންޓްރީ ގްރޫޕް އޮތީ ތައްޔާރަށް ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ޕާޓީގެ އެތެރެއަށް ވަދެ، މަޖިލިސް މެންބަރުން ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބު ކޮށްލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ޕާލިމެންޓްރީ ނިޒާމުގައި، ޕާލިމެންޓްރީ ސިސްޓަމް ހިނގާ ގޮތަކީ، ޕާލަމެންޓަށް ހޮވެނީ މިނިވަން ގޮތުންނާއި، ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި. ސިޔާސީ ޕާޓީއެއްގެ ޓިކެޓަށް ވާދަކުރާއިރުގައި، އެ އިޤުރާރުގައި ހިތްޕަވާއިރުގައި، މި ހިތްޕެވެނީ އެ ޕާޓީއެއްގެ އަސާސްތަކަށް،” ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ މަގާމުތަކަކީ ޕާޓީގެ އުސޫލުތައް ގަބޫލުކޮށްގެން، ޕާޓީގެ ޓިކެޓުގައި ހޮވުމުން ޕާޓީން ދޭ މަގާމުތަކެއް ކަމަށެވެ. އެހެންކަމުން، ޕާލިމެންޓްރީ ގުރޫޕުގެ މެންބަރަކަށް އޮތް އިތުބާރު ގެއްލިއްޖެ ނަމަ، އެމީހެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަކީ ނިޒާމުގެ ތެރެއިން އޮންނަ ގޮތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

“ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ ސުޕީކަރގެ އިތުބާރު ނެތްކަމުގެ މައްސަލަ، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ނަގާނެއޭ. އެ މަނިކުފާނާ އެކީގައި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން އެއްވެސް ބޭފުޅަކު ވަޑައެއްނުގަންނަވާނެއޭ. ޚުދު އެ މަނިކުފާނު ވެސް ޕީއެންސީ ދޫކުރައްވާފައި ވަޑައެއްނުގަންނަވާނެއޭ،” ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 19 ވަނަ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރީވެސް، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ އިތުބާރު ގެއްލުމުން ކަމަށެވެ. އެހެންކަމުން، މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގައި މިކަންކަން ހިނގާ ގޮތް އެނގިތިބެ، ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަދެއްކުމަކީ އިޚްލާޞްތެރި ގޮތެއް ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އިންތިޚާބުން ރައްޔިތުން ދިން މެސެޖާ އެއްގޮތަށް ބަދަލުތައް ގެނައުމުގެ ހިތްވަރު ޕީއެންސީގައި އެބަހުރި: ޝުޖާއު

Mm

ޕާޓީން ވަކިކުރިޔަސް ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ކަނޑައަޅަން އިސްލާހެއް

96666

ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން އެމްޑީޕީން އަންނަނީ ސިޔާސީ ފައިދާ ހޯދަމުން: ޝުޖާއު