ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޔާސީ އިސް ފަރާތްތަކުން ޤައުމުގައި ހަމަޖެހުން ގާއިމުކުރަން މަސައްކަތް ކުރަންވާނެ: ރައީސް

muiz
STO_Ads
TTH_Ads
Advertisement

ކުރީ ސަރުކާރުތަކުގައި ސިޔާސީ މަސައްކަތް ކުރުމުގައި ބިރުވެރިކަން އޮތް ނަމަވެސް މިއަދު ރާއްޖޭގައި އެފަދަ ބިރުވެރިކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރީ ސަރުކާރުތަކުން ސިޔާސީ ގޮތުން މީހުން ޖަލަށްލުން އާންމުކަމަކަށް ހަދާފައި އޮތްނަމަވެސް އެމަނިކުފާނު ބޭނުންފުޅުވީ އެކަން ނިމުކަމަށް ގެނެސް، ޤައުމުގައި ސިޔާސީގޮތުން ހަމެޖެހުން ގާއިމުކުރުމަށް ކަމަށެވެ. އެގޮތުން، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާގޮތަށް މިއަދު ސިޔާސީގޮތުން އެއްވެސް މީހަކު ޖަލަށްލާފައި ނުވާނެ ކަމަށާއި ކޮންމެ މީހަކަށްވެސް ސިޔާސީ މަސައްކަތް ކުރެވޭނެ މަގުފަހިވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ސިޔާސީ މަސައްކަތް ކުރުމަށް ހުރަހެއް ނާޅުއްވާނެ ކަމަށާއި ނަމަވެސް ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާއިރު އެފަދަ މަސައްކަތްތަކާއި ހަރަކާތްތައް ހިންގަންވާނީ ދީނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ޤާނޫނުއަސާސީ ތަންފީޒުކުރުމުގައި އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އެންމެންނަށްވެސް އޮންނަ މިނިވަންކަމެއް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ. އެ މިނިވަންކަން ބޭނުންކުރަންވީ ހަމަ އޭގެ އެންމެ ފުޅާމިނުގައި. އެކަމަކު ކޮންމެ މީހަކަށްވެސް އޮތް ހުދޫދު އެންމެނަށްވެސް އެޕްލައިވާނެ. މުސްލިމަކަށްވީތީ އެޕްލައިވާ ހުދޫދު އޮންނާނެ. އެހެން މީހުންގެ އަބުރު ކަތިލުމާއި އެހެންމީހުންގެ ހައްގުތަކަށް އަރައިގަތުމަކީ އިސްލާމްދީނުގައި މަނާކަމެއް. އަދި ރާއްޖޭގެ ޤާނޫނުއަސާސީގައިވެސް ހުއްދަ އޮތް ކަމެއް ނޫން. އެ އިމާއި މިންގަނޑުގެ ތެރޭގައި އަޅުގަނޑުުމެން ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރަންވީ،” ރައީސް

ސިޔާސީ އިސް ބޭފުޅުންނާއި ސަރުކާރުތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅުންނަކީ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ފަރާތްތަކުން ޤައުމުގެ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތް ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރަށް ސަރުކާރުން ޤައުމަށާއި ރައްޔިތުންނަށް ފައިދާކުރާނެ ކަންކަން ކުރާނަމަ އެކަމަށް ތާއީދުކުރުން ކަމަށެވެ. މިއަދު ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތް މަންޒަރު ނުފެންނަ ކަމަށާއި ޑިމޮކްރަސީ ފައްކާކުރާނަމަ ބަދަލު ހިފުމުގެ ރޫހު ދޫކޮށް އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށްގެން ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 07 09

ޑރ. ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ޑރ. މުއިއްޒު ބައްލަވާލައްވައިފި

raees Office

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހު 12 ގައި ހުޅުވާލަނީ

raees muiz

ލިޔުންތެރިން ވާންޖެހޭނީ، ޤައުމު އަބަދުމެ ފަޚުރުވެރިވާނެ، ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ބަޔަކަށް: ރައީސް