ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަންކަން އާސެނަލް ހޯދައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

އާސެނަލުން 22 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ލީގްގެ ޗެމްޕިއަންކަން އާސެނަލަށް ޔަގީންވީ ރޭ ޕްރިމިއާ ލީގްގައި މެންޗެސްޓަރ ސިޓީ އާއި ބޯންމައުތު ބައްދަލުކުރިމެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުންނެވެ.

ލީގްގައި އާސެނަލް އަދި މެންޗެސްޓަރ ސިޓީއަށްވެސް ދެން ބާކީ އޮތީ އެންމެ މެޗެކެވެ. ލީގް ޕޮއިންޓް ތާވަލްގެ އެއްވަނާގައި އާސެނަލް އޮތްއިރު އެޓީމަށް ލިބިފައިވަނީ 82 ޕޮއިންޓެވެ. ދެވަނާގައި އުޅޭ ސިޓީއަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. އެހެންކަމުން ދެން ކުރިއަށް އޮތް މެޗުން އާސެނަލް ބަލިވި ނަމަވެސް ސިޓީއަށް އާސެނަލާ އަރާހަމަކުރެވޭނެ ގޮތެއް ނޯންނާނެއެވެ.

HajjCop_ads
Advertisement

އާސެނަލަށް އެންމެފަހުން ޕްރިމިއާ ލީގް ހޯދާފައިވަނީ 2003-2004 ސީޒަނުގައެވެ. އެފަހަރު އާސެނަލުން ޕްރިމިއާ ލީގް ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި އެޓީމް ފެނިގެންގޮސްފައިވަނީ މުޅިން ތަފާތުކޮށެވެ. ނަތީއްޖާއެއްގެ ގޮތުން އެޓީމް ވަނީ ޔުއެފާ ޗެމްޕިއަންސްލީގް ފައިނަލަށްވެސް ދަތުރުކޮށްފައެވެ. އަޓޭޓާ އަކީ މީގެ ކުރިން އާސެނަލަށް ކުޅުނު ކުޅުންތެރިއެކެވެ. އާސެނަލަށް ޕްރިމިއާ ލީގް ލިބުމާ ގުޅިގެން ޓީމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެޓީމަށް ސަޕޯޓްކުރާ ފަރާތްތަކުން ދަނީ އުފާފާޅުކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (1)

އާސެނަލްއަށް ހަނި މޮޅެއް

E6d66322 9d07 41c0 a705 a37cd2e340c8.png

ޕްރިމިއަރ ލީގުގައި ފުރަތަަމަ ފަހަރަށް ޔުނައިޓެޑް މޮޅުވެއްޖެ