ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެލްބަންއިން ސީދާ ރާއްޖެ އައިސްފި، ފަތުރުވެރިންނަށް ހޫނު މަރުހަބާއެކު

MPL_Ads
TTH_Ads
STO_Ads
Advertisement

ޤައުމީ އެއަރލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކުގެ، ތާރީޚީ ފުރަތަމަ ފްލައިޓް މެލްބަންއިން ރާއްޖެއަށް އައިސްފި އެވެ.

މި ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު އެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮސްޓްރޭލިއާއަށް ފެށުން ފާހަގަކުރުމަށް މިއަދުވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި އެ ފްލައިޓުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއިއެކު މަރުހަބާ ކިޔާފައިވެ އެވެ. މިއަދު އޮސްޓްރޭލިޔާއިން ރާއްޖެއައި ފުރަތަމަ ފްލައިޓްގައި 240 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށްވެސް މޯލްޑިވިއަން އިން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

HajjCop_ads
MPL_Ads
Advertisement

މޯލްޑިވިއަނުން ބުނީ، އޮސްޓްރޭލީއަށް ހަފްތާއެކު އެއް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ އާދިއްތަ ދުވަހު ކަމަށާއި، އޮސްޓްރޭލިއާއިން އެނބުރި ރާއްޖެ އަންނާނީ އަންގާރަ ދުވަހު ކަމަށްވެސް ބުންޏެވެ. މީގެ ކުރިން ޓްރާންސިޓްކޮށްގެން 20 ގަޑި އިރުން ކުރެވޭ ދަތުރު ދެން، 11 ގަޑި އިރުން ކުރެވޭނެ އެވެ. އަދި މިދަތުރަށް ކުރުމަށް ހަމަޖެހިފައިވަނީ ވޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓުގަ އެވެ.

އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. އެހެންކަމުން މޯލްޑިވިއަން އިން ބުނެފައިވަނީ، މިދަފަ ދަތުރުތަކެއް ހަމަޖެއްސުމަށް ނިންމި އެންމެ މައިގަނޑު ސަބަބަކީވެސް އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އަދަދު ގިނަ ވުންކަމަށެވެ.

މޯލްޑިވިއަން އިން ލަފާ ކުރަނީ މި ދަތުރުތަކާއެކު، އޮސްޓްރޭލިއާއިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން ރާއްޖެ އައިސްފައިވަނީ 18،066 ފަތުރުވެރިންނެވެ. އެގޮތުން އޮސްޓްރޭލިޔާ މިހާރު އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ 10 ވަނާގަ އެވެ.

މޯލްޑިވިއަނުން ބުނީ، އޮސްޓްރޭލިއާއަށް ފަށާ ސީދާ ދަތުރުތަކަށް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ފްލައިޓްތައް މިހާރުވެސް 50 އިންސައްތަ ފުލްވެފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެ އެވެ. އަދި ފުރަތަމަ ތިން ފްލައިޓް މިހާރު އެއްކޮށް ފުލްވެފައިވާކަމަށްވެސް މޯލްޑިވިއަން އިން ބުންޏެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިލެންޑް އެވިއޭޝަން ހައުސިން ޔުނިޓުތައް ތަރައްޤީކުރަން ބަޔަކު ހޯދަނީ

43

ތައިލެންޑަށް ދަތުރުކުރާ މީހުން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި

Maldivian tourist arrival

ވައިޑް ބޮޑީ އެެއާކްރާފްޓްގައި 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވޭ: އަމީން

51362324 10155713772127583 8080561078536241152 n

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތައް އިތުރުކުރަނީ