ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދޫނިއާ ރެކް ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މުރަކަ އިންދުމުގެ އެއް ހަރަކާތް ކުޑަގިރި ކައިރީގައި އޮންނަ ދޫނިއާ ރެކް ސަރަހައްދުގައި ބާއްވައިފިއެވެ. މި ހަރަކާތަކީ ޕީއެސްއެމް އިން ބާއްވާ އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި 40 ގައުމަކުން ވަޑައިގެންނެވި ގާތްގަނޑަކަށް 300 މީޑިއާ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. ދޫނިއާ ރެކް މަޝްރޫއަކީ 2025 ވަނަ އަހަރު ލޯންޗުކުރި “ރީޖެނެރޭޓިވް ޓޫރިޒަމް” އިސްނެގުމެކެވެ. މި މަޝްރޫއުގެ ދަށުން އަޑިއަށް ފައްތާފައިވާ ދެ ބޯޓެއް ބޭނުންކޮށްގެން، މުރަކަ އާލާކުރުމުގެ މަސައްކަތާއެކު އާޓިފިޝަލް ފަރެއް އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މެއި 14 ވަނަ ދުވަހު ބޭއްވި މި ހަރަކާތުގައި ސަމިޓުގެ ބައިވެރިން ވަނީ ޚާއްސަ ފްރޭމްތަކެއްގައި މުރަކަ އިންދުމަށްފަހު، އެ ފްރޭމްތައް ދޫނިއާ ރެކް ސަރަހައްދުގައި ބަހައްޓާފައެވެ. މި ސަރަހައްދު ފަރުމާކޮށްފައިވަނީ އެއާޕޯޓެއްގެ ސިފަ އަންނާނެ ގޮތަށެވެ. މީގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ފުރަތަމަ ބޭނުންކުރި އެއް ބޯޓު ކަމަށްވާ ޑޯނިއާ މަތިންދާބޯޓު ވެސް ހިމެނެއެވެ.

HajjCop_ads
Advertisement

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީގެ ޓީމުތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޑައިވް ޓީމުތަކުގެ ފަންނީ އެހީތެރިކަމާއެކުގައެވެ. ބައިވެރިންނަށް މުރަކަ ގެންގުޅޭނެ ގޮތާއި އިންދާނެ ގޮތުގެ އިރުޝާދު ދީފައިވަނީ ސައިންޓިފިކް އުސޫލުތަކާ އެއްގޮތަށެވެ.

ދޫނިއާ ރެކް އިސްނެގުމަކީ ފަތުރުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުން އެއްކޮށްލައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ހަމައެކަނި ލަގްޒަރީ ދާއިރާއަށް ބަރޯސާވުމުގެ ބަދަލުގައި، ތިމާވެށްޓަށް ހޭލުންތެރި އަދި ތަޖުރިބާކާރު ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް ކުރެވޭ މަސައްކަތެކެވެ.

މި ހަރަކާތަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، ތިމާވެށްޓާ ބެހޭ ވުޒާރާގެ އިތުރުން ގިނަ އަދަދެއްގެ ރިސޯޓުތަކާއި، ޑައިވް ސެންޓަރުތަކާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބިފައިވެއެވެ. މީގެ ތެރޭގައި އެމްޓީސީސީ، އެމްއޭސީއެލް، ފުލުހުން، އެމްއެންޑީއެފް އަދި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ހިމެނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗާލު ދިވެހިރާއްޖެ އެވޯޑު: 6 ކެޓަގަރީއެއްގެ ގަދަ 5 ހޮވައިފި

ޕެސިފިކް އޭޝިޔާގެ ޓްރެވަލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ޝިއުރީ

ވޯލްޑް ޓްރެވަލް އެވޯޑުގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖައްސައިފި

ވުޒާރާތަކާއި އެސްއޯއީތަކުގެ މީޑިއާ ޓީމުތަކަށް ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި