ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑައިވަރުންތައް ގެއްލުނު ހާދިސާ ހިނގި ސަރަޙައްދުގައި ކުރަމުންދާ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

Main 20260515
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޑައިވަރުންތަކެއް ގެއްލުނު ހާދިސާ ހިނގި ސަރަޙައްދުގައި، އެމީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރެވެ.

މި ޙާދިސާގައި ގެއްލުނު އިޓަލީވިލާތުގެ 5 ރައްޔިތުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އިއްޔެ އިރުއޮއްސި 18:13 ހާއިރު ވަނީ މޫދު އަޑިން ފެނިފައެވެ. އަދި ބާކީތިބި 4 މީހުން ހޯދުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން މިހާރު ވަނީ ހައި-ރިސްކް އޮޕަރޭޝަނެއް ފަށާފައެވެ. އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި، ބާކީތިބި މީހުން ވީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކޭވްއެއްގައި ތާށިވެފައެވެ.

HajjCop_ads
Advertisement

މި ޙާދިސާއާއި ގުޅިގެން އެ ސަރަޙައްދުގައި ސިފައިންގެ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށްގެންދާއިރު، މިއަދު ހަވީރުގެ ވަޤުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދަށް ދަތުރުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ރައީސް ވަނީ އެ ސަރަޙައްދުގައި ކުރިއަށްދާ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވާ، ކުރިއަށް ސިފައިން ރާވާފައިވާ މަސައްކަތުގެ ތަފްޞީލްތައް ބައްލަވާލައްވާފައެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނެއްކަން އެމްއެންޑީއެފްއިން ފާހަގަކުރައްވާފައިވާއިރު، މި އޮޕަރޭޝަން ހިނގާ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ސްރީލަންކާގައި ހުންނަވާ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުވެސް މިވަގުތު ހުންނެވީ އެމްއެންޑީއެފްގެ އޮފިޝަލުންނާއެކު ޝިޕް ޣާޒީގައެވެ.

މި ޙާދިސާގައި، ގެއްލިފައިވާ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އެމީހުން ފެނޭތޯ ހިންގަމުންދާ އޮޕަރޭޝަނަށްކަމަށް ރައީސް މިއަދު ވިދާޅުވެފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި