ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުރާލާ ވިސާ ނެގުމަކާނުލައި ދިވެހީންނަށް މިހާރު ސޭޝެލްސްއަށް ދަތުރުކުރެވޭނެ!

HIVmij3acAEqldc
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިވެހިރާއްޖެއާއި ސޭޝެލްސްއާއި ދެމެދު ވިސާއާއި ނުލާ ދަތުރުކުރެވޭނެ އެއްބަސްވުމެއް ދެޤައުމުގެ ދެމެދުގައި ޤާއިމްކޮށްފިއެވެ.މި އެއްބަސްވުން ޤާއިމްކޮށްފައިވަނީ، ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދިވެހިރާއްޖެއާއި ސޭޝެލްއާއި ދެމެދު ޤާއިމްކުރި ވިސާ ވެއިވަރ އެއްބަސްވުމާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމަށް މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި 30 ދުވަހު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.

 

ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

މި ތާރީޚީ ނިންމުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމާއި އެ ދާއިރާއާ ގުޅުންހުރި އިންވެސްޓްމަންޓްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ވިދާޅުވެފައެވެ. އަދި ގިނަ އަދަދެއްގެ ދިވެހިންނާއި، ސޭޝެލްސްގެ ރައްޔިތުން ދެ ޤައުމުގެ ހިތްގައިމު ރަށްތަކާއި، ކަނޑުފަޅުތަކުގެ ރީތިކަން ތަޖުރިބާކޮށް، އުފާ ހޯދުމަށް މިކަމުން މަގުފަހިވެގެންދާނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ސީޝެލްސްއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ، 1 ޖުލައި 1980 ގައެވެ. ދެ ޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިދިޔަ އަހަރު އެމްޓީސީސީއަށް 85 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާކަމަށް މާލީ ހިސާބުތަކުން ދައްކައިފި

hulhumale

ހިޔާވެހި ސްކީމް: ސްކީމަށް 891 މީހުން ހޮވިފައިވޭ

Minister saeed

ޕޯޓު ތިލަފުށްޓަށް ބަދަލުކޮށް ނިމުމުން، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ: ސައީދު

B 202608241031311787592691.2082

ދާރުއްސަލާމް ގެ އަމަލީ މަސައްކަތް ފަށައިފި