ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މައްކާ ހޮޓަލުގައި ހައްޖުވެރިންނަށް ޚާއްޞަ ކްނިކެއް ޤާއިމްކޮށްފި

Photo 6068726388128157840 y
TTH_Ads
STO_Ads
Advertisement

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ހުރިހާ ޙައްޖުވެރިންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މައްކާ ހޮޓަލުގައި ކްލިނިކް ޤާއިމްކޮށް ނިމިއްޖެއެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ އެންމެ އިސްކަންދެނީ ހުރިހާ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ. މިގޮތުން ޙައްޖުވެރިން ފުރުމުގެ ކުރިންނާއި، ހައްޖުގެ އަޅުކަމށްފަހު އެނބުރި ރާއްޖެ ދިއުމާއި ހަމައަށްއަށްވެސް ހުރިހާ ހައްޖުވެރިންގެ ސިއްޙީ ރައްކާތެރިކަމަށް ސަމާލުކަން ދޭނެކަމަށް ބުންޏެވެ.

އެކަމަށްޓަކައި މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ވަނީ ކްލިނިކެއް ޤާއިމްކޮށްފައިކަމަށާއި، މި ކްލިނިކް ޤާއިމްކޮށްފައިވަނީ ސަޢުދީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަޑަށްކަމަށް ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން ސަޢުދީގެ ކޮންމެވެސް އެއް ހޮސްޕިޓަލަކާ އެފްލިއޭޓްވެގެން މަސައްކަތްކުރުމަށް ލާޒިމްކޮށްފައިވާއިރު، ޙައްޖު ކޯޕަރޭޝަނުން ވަނީ ސަޢުދީ ނޭޝަނަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއް އެކުލަވާލާ އެކުގައި މަސައްކަތްކުރަން ފަށާފައެެވެ.

Photo 6068726388128157838 y

HajjCop_ads
Advertisement

މިގޮތުން ޙައްޖުވެރިއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތުގައި ސަޢުދީ ނޭޝަނަލް ހޮސްޕިޓަލުގެ އެހީތެރިކަން ލިބޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. މައްކާގައި ހުންނަ ޙައްޖު ކޯޕަރޭޝަންގެ ކްލިނިކްގައި ބަލިމީހުން ބެލުމަށް ޚާއްސަ 2 ކޮޓަރި ހުންނާނެކަމށާއި، އަދި ބޭސް ފިހާރައަކާއި، ބަލިމީހުން ވަގުތީގޮތުން އެޑްމިޓްކުރަންޖެހިއްޖެނަމަ އެކަން ކުރެވޭނެ ކޮޓަރިއަކާއި، ބޭސް އެޅުމާއި ކުދިކުދި ފަރުވާއަށް ޚާއްޞަ ކޮޓަރިއަކާއި، އައިސޮލޭޝަން ފެސިލިޓީއެއްގެ އިތުރުން ސިއްޙީ ތަކެތި ނައްތާލުމަށް ޚާއްސަ ވޭސްޓު ރޫމެއްވެސް ވަނީ ޤާއިމްކޮށްފައިކަމަށް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުގައި 4 ޑޮކްޓަރުންނާއި 5 ނަރުހުން ހިމެނެއެވެ.

މީގެ އިތުރުން ހޮސްޕިޓަލަށް ޙައްޖުވެރިޔަކު ގެންދަން ޖެހިދާނެ ޙަލަތަކަށް ތައްޔާރުވެ އޮތުމުގެ ގޮތުން 24 ގަޑިއިރު ޙައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި އެމްބިއުލާންސް އޮންނާނެކަމަށްވެސް ބުންޏެވެ. އަދި ޑޮކްޓަރުންގެ ޚިދުމަތްވެސް ޙައްޖުވެރިންނަށް 24 ގަޑިއިރު ލިބޭނެކަމށް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު