ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖުވެރިން އެއަޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތްދޭނެ

TTH_Ads
STO_Ads
Advertisement

1447 ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މި ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް މިއަހަރުވެސް ބަހުގެ ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނެފައިވަނީ އެވުޒާރާއިން އިސްނަގައިގެން، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މި އިންތިޒާމުތައް މިހާރު ވަނީ ފުރިހަމަކޮށްފައިކަމަށެވެ.

ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން ބަސް ރޫޓުތަކުގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުކުރު ދުވަހު ފުރާ ފުރަތަމަ ގުރޫޕަށް ޚާއްޞަކޮށްގެން ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ.

MMA_Ads
HajjCop_ads
Advertisement

ކޮންމެ ޙައްޖުވެރިއަކަށްވެސް އެ ބޭފުޅަކަށް އެންމެ ފަސޭހަ އަދި އެންމެ ކައިރި ބަސް ހުއްޓިއެއް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބަސް ހުއްޓިތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ އިތުރުން ސްކައުޓުން، ގާލްގައިޑުން އަދި ކެޑޭޓުން ހަރަކާތްތެރިވާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ބަސް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ރޫޓުތައް ކަނޑައަޅާފައިވަނީ އެ ދުވަހެއްގައި ފުރުމަށް ހަމަޖެހިފައިވާ ޙާޖީންނަށް އެންމެ ފަސޭހައިން ބަހާ ހަމައަށް ފޯރޭނެ ސަރަޙައްދުތަކަށް ބަލައިގެންނެވެ. މި ރޫޓުތަކާއި ގަޑިތަކުގެ ތަފްޞީލް ވުޒާރާގެ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް އާއްމުކުރާނެއެވެ.

މި ހުކުރު ދުވަހު ހަ ރޫޓަކުން ބަސް ދަތުރުތައް ކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލައިޓުން 235 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. ސަޢުދީ އެއާލައިނުގެ މި ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 15:25 ގައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale hospital

ހުޅުމާޅެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

hajj umra

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 241 ޙައްޖުވެރިން ރާއްޖެ އަތުވެއްޖެ

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ

Hajjjj

ހައްޖުގެ އަޅުކަމަށް ފަހު ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އެދިއްޖެ