ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިހާރު ކުރަމުންދާ ވިއްސާރަ މި ހަފްތާގެ ނިޔަލަށް ދެމިގެންދާނެ: މެޓު

STO_Ads
TTH_Ads
Advertisement

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިހަފުތާގެ ނިޔަލަށް ދެމިގެންދާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ވަނީ  ކުރިއަށްއޮތް ގަޑިތަކުގައި ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް ހެނދުނު 07:50 އިން މެންދުރުފަހު 13:00 އަށް ބ.އަތޮޅުން ފެށިގެން ފ.އަތޮޅަށްވަނީ ހުދު ސަމާލު ނެރެފައެވެ. އަދި ވައިގަވާނެކަމަށް ބެލެވޭތީ ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހިސާބަށްވަނީ 09:30 އިން ފެށިގެން މެންދުރުފަހު 15:30އަށް ހުދު ސަމާލު ނެރެފައެވެ. މެޓު އޮފީހުން ވިދާޅުވީ މިވަގުތުތަކުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މެޓުން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ބެލެވެނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ

HajjCop_ads
MMA_Ads
Advertisement

ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް އަންމުގޮތެއްގައި ގަދަވާނެކަމަށާއި، އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވިއެވެ. ދެކުނާއި މެދުރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ބެލެވޭއިރު އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގެ އުސްމިނުގައިކަމަށް މެޓުން ބުންޏެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޯކޮށް ވާރޭވެހި ވައި ގަދަވާނެތީ ރީނދޫ ސަމާލު

Moosun

ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ- މެޓް

moosun

ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް

moosun raining

މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސް: މެޓް އޮފީސް