ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ

saeed
STO_Ads
Maldivian_Ads
TTH_Ads
Advertisement

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި އަބުރާ ބެހުމާއި ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގުން ބަލައިނުގަނެވޭނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ މުހިންމު އެއް އަސާސް ކަމަށާއި، މި ސަރުކާރުން މީޑިއާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ބައެއް މީޑިއާތަކުން އަމިއްލަ ފަރުދުންނަށް ހަމަލާ ދިނުމާއި، ދޮގު ވާހަކަތައް ފެތުރުމާއި، ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް އަމަލުކުރުމަކީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތައް ދަށްވެގެންދާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޕްރެސް ކޮންފަރެންސްތަކަކީ ޒިންމާދާރުކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށެވެ. އެއީ ހެކި ނެތި ތުހުމަތުތައް ކުރުމަށާއި، ގާނޫނާ ހިލާފުވުމަށާއި، ކޯޓުތަކުގެ ގަދަރު ކުޑަކުރުމަށް ބޭނުންކުރާ ފުރުސަތުތަކަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ޑިމޮކްރަޓިކް މުއައްސަސާތަކުގެ ތެރޭގައި ހިފަހައްޓަންޖެހޭ ޕްރޮފެޝަނަލް ހަމަތަކަށް އިހުތިރާމް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި، ހުޅުވާލެވިފައިވާ މާހައުލެއްގައި އެއްވެސް ހުރަހެއް ނެތި ޖަވާބުދާރީވަމުން ގެންދެވުމަކީ ސަރުކާރުގެ ސާބިތުކަމާއި މައުލޫމާތު ލިބުމުގެ ހައްގަށް އިހުތިރާމް ކުރާކަމުގެ ރަނގަޅު މިސާލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ގާނޫނީ އުސޫލުތަކާއި ނޫސްވެރިކަމުގެ އަހުލާގީ ޒިންމާތައް އަދާކުރުމަށް ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް މިނިސްޓަރު ގޮވާލެއްވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

367637 c81b0517 b

ގައުމު ބަނގުރޫޓުވާން އެދޭ ބަޔަކު ތިބުމުން ކަންބޮޑުވޭ: މިނިސްޓަރު ސައީދު

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

minister saeed

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ދިވެހީންގެ 100 ޕަސަންޓު މިލްކެއް، ދޮގު ވާހަކަ ނުފަތުރާ!

Saeed

ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އިންވެސްޓަރުން ގެނައުމަށް އޮނިގަނޑުތައް ހަރުދަނާކުރުން މުހިންމު: ސައީދު