ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

459740 a954078b 5
STO_Ads
TTH_Ads
Advertisement

އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރާ އޮޕަރޭޝަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތަކީ މިހާތަނަށް ދުވަހަކުވެސް ރާއްޖޭގައި ކޮށްފައިނުވާ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި މި ސަރުކާރު އައުމާ ހަމައަށް ޑޭޓާ ހުރި ބިދޭސީންގެ އަދަދު %13 ގައި ހުރިއިރު އެ އަދަދު ދެއަހަރާއި ބައިގެ ތެރޭގައި %98 އަށް އިތުރުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޮޕަރޭޝަން ކުރަނގިއަކީ އެއްވެސް ހާލަތެއްގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށެވެ. އަދި އެ ބިދޭސީންގެ ޙައްގުތައް ހިމާޔަތްކުރަން މި މައުލޫމާތު ސަރުކާރުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ޙައްގުތައް ހިމާޔަތްކުރެވޭނީ ކާކުކަން، ކޮންތާކު އުޅޭ މީހެއްކަން އެނގިގެނެއްނު. މިރާއްޖޭގައި ކުރީގައި އޮތީ ހަމަ މުޅިން އިސްނާނީ ކަރާމާތް ގެއްލޭގޮތަށް މިކަން ކޮށްފައިއޮތީ. ބަޔަކުމީހުން އެ މީހުންގެ އަމިއްލަފައިދާއަށޭ ދެންނެވޭނީ،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު ނަގާފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މީގެ ތެރެއިން ޑީޕޯޓްކުރަންޖެހޭ ފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޤައުމުގެ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް: ރައީސް

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް