ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ސިޓީ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

43
STO_Ads
TTH_Ads
Advertisement

އައްޑޫ ސިޓީއަކީ ވިޔަފާރިއާއި އިންވެސްޓްމަންޓުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީއަކީ ވިޔަފާރިއާއި އިންވެސްޓްމަންޓުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުރިއަށް އޮތް އައްޑޫ ސިޓީ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމަށް ވިޔަފާރިތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

މި ބިޒްނަސް ޑައިލޮގު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 13 އިން 14 އަށެވެ. މިހާރު ވަނީ އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޖޫން މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވިފައި ހުންނާނެއެވެ.

HajjCop_ads
MMA_Ads
Advertisement

ފޯރަމުގެ އަމާޒު“ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ވިޔަފާރިތަކުގެ މުސްތަޤުބަލު ބައްޓަން ކުރުން” މި ޝިއާރުގެ ދަށުން ބާއްވާ މި ފޯރަމުގައި، އިންވެސްޓްމަންޓުގެ ފުރުސަތުތަކާއި، ވިޔަފާރިތަކަށް ދެވޭ ހިތްވަރުތަކާއި އަދި އައްޑޫ ސިޓީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުވާލެވޭނެއެވެ.

މި ހަރަކާތުގައި އެކި ދާއިރާތަކުގެ ހިއްސާދާރުން ބައިވެރިވެ، ވިޔަފާރިތަކަށް ލިބެން ހުރި ފުރުސަތުތަކާއި، ލުއިފަސޭހަތަކާއި އަދި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި އައްޑޫ ސިޓީ ބިޒްނަސް ޑައިލޮގުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެ މަނިކުފާނު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްމަންޓް ޒޯންތައް ގާއިމުކުރުމުގެ ޕްލޭންތައް ހާމަކުރައްވާފައެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި، މި އިސްނެގުމަކީ އައްޑޫ ސިޓީއަކީ ގައުމީ ފެންވަރުގެ އައި.ޓީ ހަބަކަށް ހެދުމަށް ރާވާފައިވާ ޕްލޭންތަކަށް ލިބޭ ބާރެކެވެ.

މި ފޯރަމުގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ކޮންސްޓްރަކްޝަން އަދި އެހެނިހެން ދާއިރާތަކުގެ ވިޔަފާރިތަކުން ބައިވެރިވާނެއެވެ. މީގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ، މަސްވެރިކަން، ފަތުރުވެރިކަން އަދި ފިނޭންސް މިނިސްޓްރީ ހިމެނޭހެން ސަރުކާރުގެ ގިނަ އިދާރާތަކަކުން ބައިވެރިވާނެއެވެ.

އަދި 2027 އިން 2029 އާ ދެމެދު އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް ހާއްސަ ލުއިފަސޭހަތަކެއް ތައާރަފް ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ފާހަގަކުރެވެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mp Falah

ހިތަދޫ އުތުރަކީ 2028ގައި ޕީއެންސީގެ ކިއްލާއަކަށްވާނެ: ފަލާހު

އައްޑޫއަށްް ކަދުރު ރުކެއް 6،000 ރުފިޔާއަށްވުރެ ބޮޑު އަގުގައި ގަތީ ޕްލޭނެއް ނެތި

ގަދަ ވަޔާއެކު އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި