ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިޖިޓަލް މާހައުލުގައި ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައިފި

raees Muiz
STO_Ads
TTH_Ads
Advertisement

ޑިޖިޓަލް މާހައުލުގެ ތެރޭގައި ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތައް ދަނީ އިތުރުވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ޚިޠާބެއްގައި ރައީސް ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އާލާތްތަކުގެ ސަބަބުން ބައެއް ކުދިންނަށް ދާއިމީ އަސަރުތަކެއް ކޮށްފާނެ ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މި މުނާސަބަތަކީ ކުދިންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ބެލެނިވެރިންނާއި މުދައްރިސުން އާ ގޮތްތަކެއް ހޯދުމަށް ވިސްނަންވީ ވަގުތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

ކުދިން ބޮޑުވަމުން އަންނަ އިރު އެކުދިންނަށް ބޭނުންވާ ލޯތްބާއި، އިރުޝާދާއި، އެހީތެރިކަން ފޯރުކޮށްދިނުމަކީ ގޭތެރެއިންނާއި ސްކޫލުތަކުން ބޮޑެތި މީހުން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދުގެ ކުދިންނަކީ މާދަމާ ގައުމު ހިންގާނެ ޒުވާނުން ކަމަށްވާއިރު، އެކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރި، އަޚްލާޤު ރަނގަޅު ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށާއި، ތަޢުލީމު ލިބޭނެ ފުރުސަތުތަކާއި ރަނގަޅު ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި މުޖުތަމަޢުގެ ވެސް ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ކުދިންނަށް ސިއްހީ ޚިދުމަތާއި ތަޢުލީމީ ފުރުސަތުތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ސްކޫލު ނިޒާމުގެ ތެރެއިން ލިބެން ހުރި ފުރުސަތުތަކުގެ ފައިދާ ހުރިހާ ދިވެހި ކުދިންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުދިންނަށް ކުރާ އަނިޔާތަކުން އެކުދިން ރައްކާތެރިކޮށް، ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އިސްކަމެއް ދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
MMA_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

463029 725cd6d7 f

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާނީ އެއްވެސް ނުފޫޒެއް ނެތިކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

461573 1409cdbf c

އިސްދޫ-ކަލައިދޫގައި އާ އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި

Sstv FORM FOR EC

ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް އެޅުމަށް ހުރަސްއަޅަނީ ސިޓީ ކައުންސިލުން: ރައީސް

462806 d183bc7a d

ރާއްޖޭގެ މަސްވެރިން މަދުވީ އެމްޑީޕީ ސަރުކާރުން ފެނަކައިން ވަޒީފާ ދިނުމުން: ރައީސް