ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެރިކަލްޗަރ ސްކީމުން 480،000 ރުފިޔާގެ ލޯނު ދޫކޮށްފި

GFyrG17XEAADr4w 1536x1152 (1)
STO_Ads
TTH_Ads
Advertisement

މެރިކަލްޗަރ ސްކީމްގެ ދަށުން 480،000 ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފިއެވެ.

މެރިކަލްޗަރ ސިނާޢަތް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދީ، ލުއިފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމަކީވެސް މި ލޯނު ސްކީމް ތަޢާރަފް ކުރުމުގެ ބޭނުމެކެވެ.

މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

HajjCop_ads
Advertisement

ސަރުކާރުން ވަނީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރަން 5 ސަރަޙައްދެއް ކަނޑައަޅާފައެވެ. އެ 5 ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މިކަމަށް ވަނީ، މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ކަނޑައަޅާފައެވެ.

ސަރުކާރުން ދަނީ، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، މަސްވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ތެރެއިން ޒުވާނުންނަށް މިކަމުގެ ހުނަރުތައް އަންނަނީ ދަސްކޮށްދެމުންނެވެ.

ސަރުކާރުން ވަނީ، ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ދިވެހިންނާއި އަދި ބޭރުގެ އިންވެސްޓަރުންނަށްވެސް ހުޅުވާލާފައެވެ. ރާއްޖެއިން މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓް ކުރުމަށް ހުޅުވާލާފައިވަނީ، ދުނިޔޭގައި މެރިކަލްޗަރ ކުރިއަރާފައި ހުރި ޤައުމުތަކުން ބޭރުގެ އިންވެސްޓަރުންނަށް ދޭ ލުއިތަކަށްވުރެ ރަނގަޅު ލުޔެއް ދީގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިންވެސްޓަރުންނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ނުނެގުމާއި 3 އަހަރު ދުވަހުގެ ލޭންޑް ރެންޓް ނުނެގުން ހިމެނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 22nvLaaSSDKSVpMhkrYJUbhec

ކޫއްޑޫ މަސް ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

Shiyam

ޚާއްޞަ އަގުގައި މިހާރު 9 ސަރަޙައްދަކުން މަސްވެރިންނަށް ތެޔޮލިބޭނެ: ޝިޔާމް

43

މަސްވެރިންނަށް އުފާވެރިކަން: އެސްޓީއޯ ރޭޓްގައި 13 ރަށަކުން މިހާރު ތެޔޮ ލިބޭނެ

Shiyam

މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރަނީ މަސްވެރިން މަހަށް ނިކުމެވޭނެކަން ކަށަވަރުކުރުން: ޝިޔާމް