ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި އޮސްޓްރޭލިއާއިން ސޮއިކޮށްފި

STO_Ads
TTH_Ads
Advertisement

ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުމުނަމާއެއްގައި ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސޮއިކޮށްފައިވިއެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދިފާޢީ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޙަސަން ރަޝީދެވެ. އޮސްޓްރޭލިއާގެ ފަރާތުން ސޮއިކުރެއްވީ އޮސްޓްރޭލިއާގެ ބޯޑަރ ފޯރސް ކޮމާންޑްގެ ރިއަރ އެޑްމިރަލް ކޮމާންޑަރ ބްރެޓް ސޮންޓަރއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިފާޢީ ވުޒާރާ އަދި އޮސްޓްރޭލިއާގެ ބޯޑަރ ފޯރސް ކޮމާންޑް ދެމެދު ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން، ދެ ޤައުމު ގުޅިގެން ތަމްރީނުތައް ބޭއްވުމާއި، ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމާ ބެހޭ އޮނިގަނޑެއް އެކުލަވާލާނެއެވެ. މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ.

HajjCop_ads
Advertisement

އޮސްޓްރޭލިއާއަކީ ރާއްޖޭއަށް ގިނަ އެހީތަކެއް ފޯރުކޮށްދޭ ޤައުމެކެވެ. މީގެ ތެރޭގައި ދިފާޢީ ދައިރާއިން ގިނަ އެހީތައް ފޯރުކޮށްދޭއިރު އެންމެ ފަހުން، އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާކުރި “ގާޑިއަން ކްލާސް” ޕެޓްރޯލް ބޯޓަކީ އެގޮތުން ފާހަގަކޮށްލެވޭ ބޯޓެކެވެ. މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން ހޯއްދެވި ބޯޓެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުއްދަ ހޯދަންޖެހޭ ވައިގެ ސަރަހައްދަކީ ކޮބައިކަން ސާފުކޮށްދީފި