ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެވަނަ ދައުރަކަށް އިންތިހާބުވާނެ ފުރަތަމަ ރައީސްއަކީ، ރައީސް މުއިއްޒު: އަބްދުއްރަހީމް

Main 20260507
TTH_Ads
STO_Ads
Advertisement

ދެވަނަ ދައުރަކަށް އިންތިހާބުވާނެ ފުރަތަމަ ރައީސްއަކީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ހިމަންދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަން ކުރަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. ރައީސް މުއިއްޒު ސަރުކާރު ހިންގަމުންދަނީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް ދެނެގަނެގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުވަނީ ދިވެހި ގައުމުގެ އިސްތިގުލާލު ދަމަހައްޓައި، މިނިވަންކަމުގެ ރޮނގު ރަތްކުލައިން ފަވާލައިފައި ކަމަށެވެ. ރައީސް މުއިއްޒަށް ދެވަނަ ދައުރަކަށް އިންތިހާބު ކުރަންޖެހެނީ އެ ސަބަބުތަކަށްޓަކައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ ﷲ ސުބުހާނޫ ވަތައާލާގެ ހެޔޮ ރަހުމަތްފުޅުން 2028 ވަނަ އަހަރު މި ގައުމުގައި ބޭއްވޭ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،” އަބްދުއްރަހީމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުވަނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ކަމަށާއި އެކަމަށް ޝައްކުކޮށްގެން ނުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީއެންއެފުން މަގުމަތީގައި ހިންގަމުންދާ ހަރަކާތްތަކަށް އިޝާރަތްކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެފަދަ ހަރަކާތްތަކުގެ ސަބަބުން ޕީއެންސީގެ ސަޕޯޓަރުން މާޔޫސްވެގެން ނުވާނެ ކަމަށެވެ. މިވަގުތު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަމާލުކަން ދީގެން ނުވާނެ ކަމަށާއި އަދި އެ ވާހަކަތަކައް ރައްދު ދިނުމުގެ ބޭނުމެއްވެސް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ސަޕޯޓަރުން މިހާރު ކުރަންވީ ކަމަކީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތް ކުރުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީނަށް ފާޑު ވިދާޅުވެ އިތުރަށް އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަންވެސް ތަޖުރިބާ ކޮށްފައިވާ ކަމަށާއި އެމްޑީޕީގެ ދެ ވެރިކަންވެސް އޭނާވަނީ ތަޖުރިބާކުރައްވާފައި ކަމަށެވެ. ޕީއެންސީއަކީ، އިންތިހާބަކުން ބަލިވުމުން ކޯޓަށް މައްސަލަ ހުށަހަޅާ ޕާޓީއެއް ނޫންކަމަށް ވިދާޅުވެ އަބްދުއްރަހީމްވަނީ، ޔާމީނަށް ފާޑު ކިޔުން ކުރިއަށް ގެންގޮސްފައެވެ.

ޕީއެންސީ އަދި މި ސަރުކާރަކީ ރައްޔިތުންގެ ނިންމުންތައް ބަލައިގަންނަ ފަރާތްތަކެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އިންތިހާބުގެ ނަތީޖާއަށް ބަލައިގެން ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަންކަން ރާވަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެ މަނިކުފާނުވަނީ އެ މަސައްކަތް ފައްޓަވާފައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކުރަންވީ ކަމަކީ އެ މަނިކުފާނާއެކު ސާބިތުވެ ތިބެންވީ. އަޅުގަނޑުމެން ކުރަންވީ ކަމަކީ 2028 ޕީއެންސީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ރުކުރުވާލަންވީ މުޅި ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ފިކުރުގެ އެންމެން ކަމަރު ބަންނަންވީ،” އަބްދުއްރަހީމް ވިދާޅުވިއެވެ.

ގައުމު ހަލަބޮލި ކުރުމުގެ ފުރުސަތު ދެން ދީގެންނުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

.”އަޅުގަނޑުމެންނަށް އެބަ އިނގޭ ދެން ވެރިކަމަށް އަންނަން އުޅޭ މީހުން ވެރިކަމަށް އައީމަ ދެން ގައުމަށް ވެގެންދާނެ ގޮތް” އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މި ގައުމު ބަނގުރޫޓުވާނެކަމަށް ބުނެ ތަފާތު ވާހަކަތައް ދައްކާފައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ މިދިޔަ މަހު އެއް ބިލިއަން ޑޮލަރު ހަމައެކަނި ލޯނުތަކަށް ދައްކާފައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެ ލޯނުތައް ދެއްކުމުން، ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދެވޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ބަރާބަރަށް މުސާރަވެސް ދީފައިވާ ކަމަށާއި އަދި މަޝްރޫއުގެ މަސައްކަތްތައްވެސް ނުހުއްޓި ކުރިއަށްދާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެ ލޯނުތަކަކީ ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކެއްކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

“އެހެންވީމަ 2028 ރައީސް މުއިއްޒަށް ހޯދައިދޭންވީ،” އަބްދުއްރަހީމް ވިދާޅުވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ސައުދީއަށް ވަޑައިގެންފި

778

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް މާލެ ވަޑައިގެންފި

Dd

ޕީއެންސީގެ ޖަލްސާގައި އުންމީދު އާވާނެ އެތައް ކަމެއް އިއުލާންކުރާނެ: އަބްދުއްރަހީމް

ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި މަޖިލީހުގެ ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ: އަބްދުއްރަހީމް