ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

ޣައްޒާއަށް ކަނޑައަޅާފައި ހުންނަވާ ހަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރު ޑރ. ޚަލީލް އަލް ޙައްޔާ:
STO_Ads
TTH_Ads
Advertisement

ޣައްޒާއަށް އިސްކޮށްފައި ހުންނަވާ ހަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރު ޑރ. ޚަލީލް އަލް ޙައްޔާގެ ފިރިހެން ދަރިކަލުން އައްޒާމް އަލް ޙައްޔާ، އިސްތިއުމާރީ ސިފައިންގެ ހަމަލާއެއްގައި އަވަހާރަވެފައިވާކަން ހަމާސްއިން ކަށަވަރު ކޮށްދީފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވީ ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނައީމްއެވެ.

އައްޒާމް އަލް ޙައްޔާ އަވަހާރަވެފައިވަނީ އިސްތިއުމާރީ ސިފައިން ގާޒާ ސިޓީއަށްދިން ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަޚަމްވެ ފަރުވާދެމުން ގެންދަނިކޮށް ފަތިހުގެ ވަގުތެއްގައެވެ.

HajjCop_ads
Advertisement

އިސްތިއުމާރީ ސިފައިން ވައިގެ ހަމަލާ ދީފައިވަނީ ގާޒާ ސިޓީގެ ޖަބަލިޔާގެ އަލްދަރާޖް އަވަށުގެ ބަސް ސްޓޮޕެއްގެ ކައިރިއަށެވެ.

އައްޒާމް އަލް ޙައްޔާއަކީ އިސްތިއުމާރީ ސިފައިން މިހާތަނަށް ދިން ހަމަލާތަކުގައި އަވަހާރަވި، ޑރ. ޚަލީލް އަލް ޙައްޔާގެ ހަތަރުވަނަ ފިރިހެން ދަރިކަލުންނެވެ.

ސުލްހައިގެ ވާހަކަތަކަށް ހަމާސްގެ އިސްވެރިންގެ ވަފުދެއް މިދިޔައަހަރު ގަތަރުގެ ދޯހާއަށް ގޮސްއުޅެނިކޮށް އިސްތިއުމާރީ ސިފައިން ހަމާސްގެ ވަފުދު ތިބި އިމާރާތަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުގައިވެސް، ޑރ. ޚަލީލް އަލް ޙައްޔާގެ ފިރިހެން ދަރިކަލަކު އަވަހާރަވެފައި ވެއެވެ.

އެ ހަމަލާއިން ޚަލީލް އަލް ޙައްޔާ ސަލާމަތްވެވަޑައި ގެންނެވިއެވެ.

ޚަލީލް އަލް ޙައްޔާ އަވަހާރަކޮށްލަން އިސްތިއުމާރީ ސިފައިން 2008 ވަނަ އަހަރު ދިން ހަމަލާއެއްގައިވެސް އޭނާގެ އެއް ފިރިހެން ދަރިކަލުން އަވަހާރަވިއިރު، 2014 ވަނަ އަހަރު ދިން ހަމަލާއެއްގައިވެސް އެއް ފިރިހެން ދަރިކަލުން ކަމަށްވާ އުސާމާ އަވަހާރަވިއެވެ. އޭގެކުރިން އަވަހާރަކޮށްލާފައިވަނީ ހަމްޒާ އަދި ހައްމާމް ނަމަކަށްކިޔާ ދެ ދަރީންނެވެ.

2014 ވަނަ އަހަރުގެ ޝުޖައްޔާ ރެފިއުޖީ ކޭމްޕްގައި ހުރި އާއިލާގެ ގެއަށް އިސްތިއުމާރީ ސިފައިން ބޮންއަޅައި، އުސާމާ އަވަހާރަކޮށްލިއިރު، އޭނާގެ އަނބިކަނބަލުންނާއި ތިން ދަރިކަލުންވެސް އަވަހާރަވިއެވެ.

ޑރ. ޚަލީލް އަލް ޙައްޔާގެ 7 ދަރިކަލުން ތިއްބަވާއިރު، އޭގެތެރެއިން 4 ފިރިހެން ދަރިކަލުން އިސްރާއީލުން ހަމަލާދީ މިވަނީ އަވަހާރަ ކޮށްލާފައެވެ. އިސްތިއުމާރީ ސިފައިން ބުނެފައިވަނީ ރޭ ޖަބަލިއާއަށް ހަމަލާދިނީ އައްޒާމް އަލް ޙައްޔާއަށް އަމާޒުކޮށް ނޫން ކަމަށެވެ.

އައްޒާމް އަލް ޙައްޔާގެ ޖަނާޒާ ޣައްޒާގައި މިއަދު  ބާއްވާފައި ވާއިރު، ޖަނާޒާގައި އެތައްބަޔަކު ބައިވެރިވިއެވެ.

އޭނާގެ ބައްޕާފުޅު ޑރ. ޚަލީލް އަލް ޙައްޔާއަކީ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ހަމާސްގެ އެންމެ އިސް ވެރިޔާވެސް މެއެވެ.

ޑރ. ޚަލީލް އަލް ޙައްޔާ ވިދާޅުވީ، ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ހަމާސްގެ ވަފުދުގެ ދުވަސް ދުއްވާލުމަށާއި، ވާހަކަތަކަށް ހުރަސްއެޅުމަށް ގަސްތުގައި ރާވައިގެން އިސްތިއުމާރީ ބާރުން ހިންގި ޖަރީމާއެއް ކަމަށެވެ. އިސްތިއުމާރީ ސިފައިންނަށް ކާމިޔާބު ނުލިބުނީމާ ކުރާ ކަމަކީ، މީހުން މެރުމާއި ބިރުދެއްކުން ކަމަށް ވިދާޅުވިއެވެ.

ޑރ. ޚަލީލް އަލް ޙައްޔާ ވިދާޅުވީ، އޭނާގެ ދަރިކަލުން އަދި ޣައްޒާގެ އާންމުންނާއި އަދި ހަމާސްގެ ވެރިން އަވަހާރަކޮށްލުމަކުން ޣައްޒާގެ ރައްޔިތުންގެ އަޒުމެއް މުގުރައި ނުލެވޭނޭ ކަމަށާއި، ޣައްޒާގެ އާންމުން އަމާނެއްވެސް ނުދޭނޭ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު

ހަނގުރާމައިގެ ތެރޭގައި އީރާނުގެ ފައިޓަރ ޖެޓުތަކުން ދިން ކާމިޔާބު ހަމަލާތަކުގެ މައުލޫމާތު އީރާނުން ހާމަކޮށްފި

އިންތިޚާބުގައި ނަތަންޔާހޫ ބަލިކޮށް، ވެރިކަމުން ދުރުކުރަން އިސްރާއީލުގެ އިދިކޮޅު ލީޑަރުން އިއްތިހާދު ހަދައިފި