ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންކަރިންގ ޚިދުމަތުން ލިބުނު އާމްދަނީ 1 ބިލިއަން ރުފިޔާއާ ގާތްކުރާ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވެއްޖެ

WhatsApp Image 2026 05 07 at 11.26.50
STO_Ads
TTH_Ads
Advertisement

ސަރުކާރުން 2024 ވަނަ އަހަރު ފެށި ބަންކަރިންގ ޚިދުމަތުން ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފަށާފައިވަނީ 19 ސެޕްޓެމްބަރ 2024 ގައެވެ. މި ޚިދުމަތް ހިންގަމުންދަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސްވިޒަލޭންޑުގެ ކުންފުންޏެއް ކަމަށްވާ ވިޓޯލް އާ ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ސަޢީދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އޭޕްރީލް 30 ގެ ނިޔަލަށް މި ޚިދުމަތުން 923.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

HajjCop_ads
Advertisement

“ބަނދަރެއް ނެތި އަޅުގަނޑުމެން ފެށި މި ޚިދުމަތުން ދެ އަހަރު ދުވަހުގެ ތެރޭގައި 1 ބިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދަކަށް އާމްދަނީ އިތުރުކުރެވިއްޖެ. ދެން މިހާރު ތިޔަބޭފުޅުން އައްސަވާފާނެ މިއީ ކުރިންވެސް ރާއްޖެއަށް ގެންނަމުންދިޔަ ތެޔޮ ނޫންހޭ؟ ނޫން، އެހެނެއް ނޫން،” އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ ބަންކަރިންގ އަށް ބޭނުންކުރި ތެލުގެ 85 އިންސައްތަ އާއި 90 އިންސައްތައާ ދެމެދުގެ ޢަދަދަކީ މުޅިން އާ ތެޔޮ ކަމަށެވެ. އަދި ކުރިން މި މަސައްކަތް ކުރަމުންދިޔައީ ސްރީލަންކާ އަދި އަވަށްޓެރި އެހެން ޤައުމުތަކާ ގުޅިގެން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ޙިއްސާކުރެއްވި ތަފާސްހިސާބުތަކަކީ އޭޕްރީލް މަހުގެ ކުރީކޮޅު އެމަނިކުފާނު ޙިއްސާކުރެއްވި ޢަދަދުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އޭޕްރީލް 8 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވެފައިވަނީ މާޗު 31 ގެ ނިޔަލަށް ބަންކަރިންގ ޚިދުމަތުން 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިއިން ދައްކުވައިދެނީ ހަމައެކަނި އޭޕްރީލް މަހުވެސް މި ޚިދުމަތުން 193 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާ ކަމެވެ.

މި ޚިދުމަތަކީ އަހަރަކު 400 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޚިދުމަތަކަށް މަޑުމަޑުން ތަރައްޤީކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށް މީގެ ކުރިން މިނިސްޓަރ ސަޢީދު ވަނީ ވިދާޅުވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 11 at 02.30.08 (1)

މިއަހަރުގެ ނިޔަލަށް އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރެވޭނެ: ވަޒީރު ސަޢީދު

Saeed

އިކޮނޮމިކް މިނިސްޓަރު ސަޢީދު ޖަވާބުދާރީވެވަޑައިގަތުމަށް ގަޑިއިރެއް ދޭން އާންމު ކޮމިޓީން ފާސްކޮށްފި

Qw

އިދިކޮޅު ފަރާތްތަކުން ތަކެތީގެ އަގާ ގުޅުވައި ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: މިނިސްޓަރު ސައީދު

445gf

ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް އިންވެސްޓްމަންޓުގެ އާ ފުރުސަތުތަކެއް ހުޅުވައިލެވިއްޖެ: ސައީދު