ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓު ހަދާ ފަރާތްތަކުން ބިން ހަވާލުކޮށްފި

STO_Ads
TTH_Ads
Advertisement

ދ.ކުޑަހުވަދޫގައި އަމިއްލަ މީހުންގެ ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމުގެ ފުރުސަތުގެ ދަށުން 50 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް އެގޯތީގެ ބިން ހަވާލުކޮށްފިއެވެ. އިމާރާތްކުރުމާއި ބެހޭ ވުޒާރާއާއި ގޭބިސީތަކުގެ ވެރިންނާ ދެމެދު ބިން ހަވާލުކުރުމުގެ އެއްބަސްވުން ޤާއިމުކޮށް މިއަދުގެ ނިޔަލަށް ނިމޭނެކަމަށް ބެލެވެއެވެ.

އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތަކަށް އެމަގުފަހިކޮށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ސަރުކާރުވަނީ މުހިއްމު މަޝްރޫޢެއް ފައްޓަވާފައެވެ. މިމަޝްރޫޢުގެ ދަށުން 43 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭގެތެރެއިން އެއް ރަށަކީ ދ.ކުޑަހުވަދޫއެވެ. އެރަށުގެ އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް 50 ފަރާތަކަށްވަނީ މިބުރުގައި ފުރުސަތު ލިބިފައެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ވިދާޅުވީ، އެރަށަށް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން ގޯއްޗެއް އޮވެ، ގޯތީގައި އެކި ސަބަބުތަކާއި ގުޅިގެން ގެދޮރު ބިނާނުކުރެވި ތިބި އެތައް ބަޔަކު ތިބިކަންވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އެއްގެއެއްގެ ތެރޭގައި ގިނަ ބަޔަކު ދިރިއުޅެމުންދާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ކައުންސިލުން ވިދާޅުވީ، މިފަހަރު ސަރުކާރުން އެރަށަށް ދޫކޮށްފައިވާ 50 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލުމުން، އެރަށުން 140 ފަރާތަކުން ކުރިމަތިލާފައިވާކަމަށެވެ. އޭގެތެރޭގައި ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ރަށުން ބޭރުގައި އުޅޭ ފަރާތްތަކުންވެސް ކުރިމަތިލާފައިވެއެވެ. އެހެންނަމަވެސް ކައުންސިލުން މިބުރުގައި އިސްކަންދީފައިވަނީ ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކުރިމަތިލީ ފަރާތްތަކަށްކަމަށް ކައުންސިލުން ވިދާޅުވެއެވެ. މިފަރާތްތަކުގެ ގޯތީގައި އިމާރާތްކުރުމަށްޓަކައި އިމާރާތްކުރުމާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައި މިހާރުވަނީ ގޯތި ހަވާލުކޮށްފައެވެ.

ކުޑަހުވަދޫގައި އަމިއްލަ ފަރާތްތަކުގެ ގޯތީގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 900 އަކަފޫޓުގެ، 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މީގެތެރެއިން މިހާތަނަށް 26 ގެއެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ކުޑަހުވަދޫ ކައުންސިލުންވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހު މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް ސޮއިކޮށްފައިވާއިރު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިމަސައްކަތް ހަވާލުކޮށްފައިވަނީ، ފްލެކްސްއިން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިހައުސިންގ ޔުނިޓުތަކަށް ފައިސާދެއްކުމަށް ހަމަޖެހިފައިވަނީ ގެއަށް ވަދެވޭ ހިސާބުންނެވެ. އެގޮތުން މިގޭބިސީތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ 3337 ރުފިޔާއެވެ. ކުޑަހުވަދޫގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ 3600 މީހުން ނަމަވެސް އެރަށުގެ ދިރިއުޅޭ އާބާދީ 4000 އަށްވުރެ ގިނައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި

ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ހެދި ޖިމް މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް ޒޯން 5 ގެ ޗެމްޕިއަންކަން ކުޑަހުވަދޫއަށް