ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކަނދުފަތި އަޅައިފި

STO_Ads
TTH_Ads
Advertisement

ރާއްޖޭގެ އުތުރުގެ ތިން އަތޮޅެއްގައި މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެއް ޤާއިމުކޮށްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މައުލޫމާތު ދިންގޮތުގައި، މިއީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމުކުރި ދެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ވަދު ނަނުގެ ކަނދުފައްޗެކެވެ.

މީގެތެރެއިން، މިއަދު ވަނީ، ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި ކަނދުފައްޗެއް އަޅައިފައެވެ. ދޮށީގެ މަސްވެރިކަމަށް ޚާއްޞަ މި ކަނދުފަތީގެ ނަންބަރަކީ: B09D01-03 އެވެ.

HajjCop_ads
Advertisement

އެ ވުޒާރާ އިން މި މަހުގެ 5 ވަނަ ދުވަހު ވަނީ، ށ. ފުނަދޫ އިރުއުތުރުން 11.5 މޭލު ބޭރުގައި ދޮށީގެ ކަނދުފައްޗެއް އަޅައިފައެވެ. މި ކަނދުފަތީގެ ނަންބަރަކީ D09D01 އެވެ.

ށ. ފުނަދޫ ކައިރީގައި ޤާއިމުކޮށްފައިވާ ދޮށީގެ ކަނދުފަތީގެ ޕޮޒިޝަން. –ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މީގެއިތުރުން، އެ ވުޒާރާއިން މި މަހުގެ 04 ވަނަ ދުވަހު ވަނީ، ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ކަނދުފައްޗެއް ނ. ވެލިދޫ ބޭރުގައި އަޅައިފައެވެ. ވަދުނަނުގެ މަސްވެރިކަމަށް ޚާއްޞަ މި ކަނދުފަތި އަޅާފައިވަނީ ވެލިދޫގެ ދެކުނުން 5.5 މޭލު ބޭރުގައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅައިފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ވަދު ކަނދުފައްޗެވެ.

ނ. ވެލިދޫ ކައިރީގައި ޤާއިމުކޮށްފައިވާ ވަދު ނަނުގެ ކަނދުފަތީގެ ޕޮޒިޝަން. –ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

އެގޮތުން، ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާއި ދެމެދުގެ ދުރުމިނުގައި ގާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުރި ސެންޓަރެވެ.

މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް އެވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލު ގެނައުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް 2 ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އާރުވެރި މެޗިންގް ގްރާންޓް: މަސްވެރި ސިނާއަތަށް 278 މިލިއަން ރުފިޔާގެ ސްކީމް އިފްތިތާޙުކޮށްފި

މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމަށް ހާއްސަކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

Sea Cucumber (Thelenota anax) (8499582873)

އެމްބަރފިޝް ހުއިފިލަނޑާ ބޭރުކުރުމަށް މަޝްވަރާކޮށްފި

16624ec7 b786 44b7 9ff1 50619e18cfa0 876x584

ދަނޑުވެރިންނަށް ދޫކުރާ ލޯނަށް ހުޅުވާލައިފި