ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލެޓަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ލިޔުން ޕޯޓަލުން ލިބޭނެ: އެފްޑީސީ

hulhumale
STO_Ads
TTH_Ads
Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ޑޮކިއުމަންޓްތައް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ހުޅުމާޅެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ރަށްވެހިކަން އެފްލެޓްތަކަށް ބަދަލުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެކުންފުނިން ވަނީ މާލެ ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓު ލިބުނު މީހުންގެ ތެރެއިން އެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރން އެދޭނަމަ އެކަމަށް ބޭނުންވާ ހުރިހާ ލިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ.

HajjCop_ads
Advertisement

އެގޮތުން، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަގުޗާޓާއި އެއްގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމެންޓެއް ހުށަނާޅާ އޮންލައިންކޮށް ވަން ކްލިޕް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށް ހަމްދާން ޝަކީލް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ރޯޑްމެޕްއާ އެއގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމެންޓޭޝަންއެއް ހުށަނާޅާ އޮންލައިންކޮށް ވަން ކްލިޕް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ލިޔުމެއްއެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ނިޒާމެއް މިވަނީ ހަމަޖެހިފައި” ހަމްދާން ޝަކީލް ވިދާޅުވިއެވެ.

އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް އިދާރީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި މިކަމުގައި ސިޓީ ކައުންސިލުން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 32 ޓަވަރުގައި 4000 ހައުސިންގ ޔުނިޓް ހިމެނެއެވެ. މި ފްލެޓްތަކުގައި 30،000އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނެކަމަށް އަންދާޒާ ކުރެވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

446765 3 b5f4426cdd1d4016712d1bde80f37bc2665dc509

ފަހި ފްލެޓުތައް ކައިރިން އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފި

Igmh

ހަމްދާންގެ ވަރުގަދަ ރައްދެއް ޒަހިއްޔާއަށް

hulhumale

އެފްޑީސީގެ ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު

އެފްޑީސީ ތަރައްޤީ ކުރަމުންދާ އައު ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ މަގުތައް މިއަހަރު ނިންމަނީ