ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިލަންދޫގައި އެއާޕޯޓް ގާއިމްކުރުމަށް ބޭނުންވާ ބިން 31 ދުވަހުން ހިއްކާ ނިންމައިފި

TTH_Ads
STO_Ads

ށ. މިލަންދޫގައި އެއާޕޯޓް ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާއިފިއެވެ.

މިލަންދޫގައި އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ފާއިތުވި މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެރަށަަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިލަންދޫގައި އެއާޕޯޓް ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް 31 ދުވަހުން ނިންމާފައިވާ ކަމަށެވެ.

HajjCop_ads

އެމަޝްރޫއު ފެށީ މިދިޔަ އެޕްރިލް މަހުގެ ތިން ވަނަ ދުވަހުއެވެ. މަޝްރޫއު ނިންމާފައިވަނީ އިއްޔެއެވެ.

އެ މަސައްކަތުުގެ ދަށުން 21 ހެކްޓަރު ހިއްކާފައިވެއެވެ. މިލަންދޫގައި އެއާޕޯޓް ގާއިމްކުރުމަށް ބޭނުންވާ ބިންހިއްކުމުގެ 100 ޕަސެންޓު ފުރިހަމަކޮށް ނިންމާފައިވާއިރު އެމަސައްކަތް ކުރިޔަށްގެންދިޔައީ ނެދަލޭންޑްސްގެ ރާނީ ޑްރެޖަރު ބޭނުންކޮށްގެން ކަމަށް ޕޯސްޓްގައި ވެެއެވެ. އޭގެ ކެޕޭސިޓީއަކީ 35000 ސީބީއެމްއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން %90 ނިމިއްޖެ

B 202507181225371752823537.4165

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާދެއްވައިފި

ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި