ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙާޖީންގެ ބަޔޯމެޓްރިކްސް ނަގަން ފަށައިފި

TTH_Ads
STO_Ads
Advertisement

މައްކާ ރޫޓުގެ ޚިދުމަތަށް ޙާޖީންގެ ބަޔޯ-މެޓްރިކްސް ނަގަން ފަށައިފިއެވެ.

މިއީ، މައްކާ ރޫޓަށް އިމިގްރޭޝަންގެ ބޭނުމަށާއި އަދި ޙާޖީންގެ ކަންކަން ބަލަހައްޓާ ނުސުކް ޕްލެޓްފޯމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެވެ.

ފުރަތަމަ ނަގަނީ، މާލޭގައި ދިރިއުޅެމުންދާ މީހުންގެ ބަޔޯމެޓްރިކްސްއެވެ. އަތޮޅުތަކުން އަންނަ މީހުންގެ މަޢުލޫމާތު ނަގާނީ، ފުރާ ތާރީޚާ ކައިރިކޮށް ބާއްވާ ބައްދަލުވުންތަކުގައެވެ.

HajjCop_ads
Advertisement

މައްކާ ރޫޓު އިނީޝިއޭޓިވްއަކީ، ޙައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ.

2019ވަނަ އަހަރު ފެށި މި ޚިދުމަތް، ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖުވެރިންނަށް ދޭން ފަށާފައިވަނީ މިދިޔަ އަހަރެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ މައްކާ ރޫޓުގެ އިންތިޒާމްތަކުގެ ދަށުން، ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްތައް މިވަނީ ފަށާފައެވެ. ބަޔޯމެޓްރިކްސްގެ ގޮތުގައި ނަގަނީ، އިނގިލީގެ ނިޝާނާއި މޫނުގެ ފީޗަރސްތަކަށް ނަގާ ފޮޓޯއެވެ.

މި ޚިދުމަތް ވަރަށް ބޮޑަށް ވަނީ، ލުއިފަސޭހަވެފައެވެ. އެގޮތުން ބަޔޯމެޓްރިކްސް ނަގަނީ، ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ އެހީގައި ފޯނުން އޮންލައިންކޮށެވެ.

މި މަޢުލޫމާތު ވަގުތުން ސަޢުދީ އިމިގްރޭޝަންގެ ޕޯޓަލްއަށް އެޅެއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ޚާޖީންގެ އެންމެހާ ޚިދުމަތްތައް ވަރަށް ބޮޑަށް ލުއިފަސޭހަކޮށްފައިވާ ކަމަށެވެ. ޚާއްސަކޮށް މައްކާ ރޫޓުގެ ޚިދުމަތާއެކު ދަތުރުފަތުރަށް ބޮޑެތި ފަސޭހަތައް ލިބިފައިވާ ކަމަށެވެ.

“މައްކާ ރޫޓަކީ ދިވެހި ޙައްޖުވެރިންގެ ޚިދުމަތްތައް ފުރިހަމަ ކުރުމަށް އިންޤިލާބީ ބަދަލެއް ގެނެވުނު ޚިދުމަތެއް. މިދިޔަ ޙައްޖާ ހަމައަށް “މައްކާ ރޫޓު”ގެ އަޑު އެކަނި އިވެނީ. ޚިދުމަތް ލިބުނީމަ މި އިނގުނީ މިއީ ކިހާ ބޮޑު ލުއިފަސޭހައެއްކަން.” ޝަކީލް

މައްކާ ރޫޓުގެ ޚިދުމަތާއެކު، ޙައްޖުވެރިން ފުރާނީ ވިސާގެ އިމިގްރޭޝަންގެ ކަންކަން ރާއްޖެއިން ފުރިހަމަ ކޮށްގެންނެވެ. ސައުދީ އެއާޕޯޓުގައި، ފްލައިޓުން ފޭބުމަށްފަހު ޙައްޖުވެރިން މަޑުކުރަން ޖެހެނީ 3 ވަރަކަށް މިނެޓެވެ.

ރާއްޖެއަކީ، ސަޢުދީ ސަރުކާރުން މައްކާ ރޫޓުގެ ޚިދުމަތް ދޭ 10 ޤައުމުގެ ތެރެއިން އެއް ޤައުމެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީގެ ޓީމެއް ރާއްޖެއަށް

މިނާގެ ތައްޔާރީ: މިހާރު ކުރަމުންދަނީ ޓެންޓުތަކުގެ ފަހުގެ މަސައްކަތް

Hajju 2048x1365

މިއަހަރު ދިވެހި ޙައްޖާޖީން ފުރަން ފަށާނީ މޭ 15 ގައި

MD Shakeel

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން: ޝަކީލް