ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންތިޚާބުގައި ނަތަންޔާހޫ ބަލިކޮށް، ވެރިކަމުން ދުރުކުރަން އިސްރާއީލުގެ އިދިކޮޅު ލީޑަރުން އިއްތިހާދު ހަދައިފި

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓް (ކ) އަދި ކުރީގެ ބޮޑުވަޒީރު ޔައިރް ލެޕިޑް:
TTH_Ads
STO_Ads

އިސްތިއުމާރީ ދައުލަތުގެ ބޮޑުވަޒީރުކަމުން މުޖުރިމު ނަތަންޔާހޫ ދުރުކުރަން، އިސްރާއީލުގެ އިދިކޮޅު ލީޑަރުން އިއްތިހާދު ހަދައިފިއެވެ.

މިކަމުގައި އިސްކޮށް އުޅެނީ އިސްރާއީލުގައި ކުރިން ބޮޑުވަޒީރުކަން ކޮށްފައިވާ ދެމީހުންނެވެ. އެއީ، ނަފްޓަލީ ބެނެޓްއާއި، ޔައިރް ލެޕިޑްއެވެ.

އެދެމީހުންގެ ސިޔާސީ ޕާޓީތައް ކޯލިޝަން އިއްތިހާދެއް ހަދައި، އެ އިއްތިހާދުގެ ނަމަކަށް ކިޔާފައިވަނީ “ޓުގެދަރ” އެވެ. އިއްތިހާދުގެ ލީޑަރަކަށް ހަދާފައިވަނީ ނަފްޓަލީ ބެނެޓްއެވެ.

Maldivian_Ads

މިކަމާ ގުޅޭގޮތުން ނަފްޓަލީއާއި، ޔައިރް ބޭއްވި ގުޅިފައިވާ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ނަފްޓަލީ ބެނެޓް ބުނީ، ނަތަންޔާހޫއާއަށް 30 އަހަރު ވެރިކަން ކުރެވިއްޖެ ކަމަށާއި، މިއީ ނަތަންޔާހޫއަށް އަލްވަދާއު ކިޔައި، އިސްރާއީލު އައު ސަފްހާއަކަށް، އައު ބާބަކަށް ގެންދަންވީ ވަގުތު ކަމަށެވެ. އިދިކޮޅު އިއްތިހާދުން ކުރާނީ އެ މަސައްކަތް ކަމަށްވެސް ނަފްޓަލީ ބެނެޓް ބުނެފައި ވެއެވެ.

ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ދެ ލީޑަރުންގެ ޕާޓީ އެއްކޮށް، ވަކި އިއްތިހާދެއް މިހެދީ، އިސްރާއީލުގައި އާންމު އިންތިޚާބު ބާއްވަން ތައްޔާރުވަމުންދާ ވަގުތެއްގައެވެ.

މިއީ، 2021 ވަނަ އަހަރުވެސް އިންތިޚާބުގައި ނަތަންޔާހޫ ބަލިކުރި ދެމީހުންނެވެ. ނަމަވެސް، އެމީހުން އުފެއްދި ސަރުކާރު މާ ގިނަދުވަހު ދެމިއޮންނަ ގޮތެއް ނުވިއެވެ. 2022 ވަނަ އަހަރު ނަތަންޔާހޫވަނީ އެނބުރި ވެރިކަމަށް އައިސްފައެވެ.

އެކަމަކު، 2022 ވަނަ އަހަރު ނަތަންޔާހޫއަށް ބޮޑުވަޒީރު ކަމަށް އާދެވުނީ ޒަޔަނިސްޓު ކަނާތުފިޔައިގެ އެންމެ ހަރުކަށި ފިކުރުގެ ޕާޓީތަކާ ކޯލިޝަން ހެދުމުގެ ސަބަބުންނެވެ. އެމީހުންނަކީ، ފަލަސްތީނު ހުރިހާ ރައްޔިތުން މަރައި ނުވަތަ ފައްސާނަގާލައި ފަލަސްތީނުގެ ބިންތައް ހުސްކުރަން ހުވާކޮށްގެން ތިބި މީހުންނެވެ. އޭގެތެރޭގައި ބެން ގްވީރާއި، ސްމޮރިޗްފަދަ ޓެރަރިސްޓުން ހިމެނެއެވެ.

ނަފްޓަލީއާއި ޔައިރް ބުނީ، އެމީހުން މިފަހަރުވެސް ވަކި އިއްތިހާދެއް ހެދި އަމާޒު ވަރަށް ސާފު  ކަމަށާއި، އެއީ ނަތަންޔާހޫ ބަލިކޮށް އެނޫން ސަރުކާރެއް އުފެއްދުން ކަމަށެވެ.

މުޖުރިމު ނަތަންޔާހޫ މިހާރުވެސް ވެފައިވަނީ އިސްރާއީލުގައި އެންމެ ގިނަދުވަހު ބޮޑުވަޒީރުކަން ކުރި މީހާއަށެވެ. އޭނާ ވެރިކަމަށް އަންނަން ވޯޓު ހޯދަން ކުރާކަމަކީ ފަލަސްތީނު މީހުން މަރައި، ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެގަތުމެވެ.

ޣައްޒާގައި ހިންގާފައިވަނީ ނަސްލުނައްތާލުމުގެ ޖަރީމާތަކެއް ކަމުގެ ސާބިތު ހެކި ހުރެގެން، ޝަރީއަތަށް ހާޟިރުކުރުމަށްޓަކައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނަތަންޔާހޫ ހައްޔަރުކޮށްގެން ކޯޓަށް ހާޟިރުކުރުމަށް އަމުރުވެސް ނެރެފައި ވެއެވެ. ނަތަންޔާހޫއަށް ހިމާޔަތް ދެނީ އެމެރިކާއިންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް ވަރުގައަށް ބޮންއަޅައިފި، ހިޒްބުﷲއިންވެސް ވަރުގަދަ ރައްދުތަކެއް

ލުބުނާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލި މުއްދަތަށް ތިން ހަފްތާ އިތުރުކޮށްފި

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ ލުބުނާނު ރައްޔިތުންނަށް ކުރި ފުރައްސާރައެއް: ހިޒްބުﷲގެ ވެރިޔާ

ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަކީ އީރާނުގެ ޝަރުތެއް، އެމެރިކާއާ ވާހަކަ ދައްކަން ދެންއޮތީ މައިގަނޑު 3 ނުކުތާ