ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އާސިމް ރާއްޖެ ވަޑައިގެން ދަރުސްތަކެއް ބާއްވަނީ

64c8a813aa13e syaikh assim al hakeem
STO_Ads
TTH_Ads
Advertisement

ސަޢުދި ޢަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާސިމް އަލް ޙަކީމް ރާއްޖެގައި ދަރުސްތަކެއް ދެއްވުމަށް ނިންމައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ދީނީ ޢިލްމުވެރިޔާ އާސިމަކީ ދުނިޔޭގައި މަޝްހޫރު އަދި ނުފޫޒު ގަދަ ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ ދަރުސްތަކާއި ސުވާލާއި ޖަވާބު ދޭ ޕްރޮގްރާމްތަކުގެ ވީޑިއޯތަކަކީ ސޯޝަލް މިޑިއާތަކުގައި އެތައް މިލިއަން މީހުން ބަލައެވެ.

އާސިމް މިމަހުގެ 27ގައި ރާޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. “ދަ ޓްރެވަލާ” ގްރޫޕުން އިލްމުވެރިޔާ ރާއްޖެ ގެނެންނަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހުއްދައާއެކުއެވެ. ޝައިޚްގެ ދަރުސްތައް ފަސް ސިޓީގައި ޞާއްވަން ވަނީ ތާވަލުކޮށްފައެވެ.

HajjCop_ads
Advertisement

ޝައިޚް އާސިމްގެ ދަރުސްތައް އޮންނާނެ ސިޓީތައް:

  • މާލެ ސިޓީ
  • ކުޅުދުއްފުށި ސިޓީ
  • ތިނަދޫ ސިޓީ
  • ފުވައްމުލައް ސިޓީ
  • އައްޑޫ ސިޓީ

ޝައިޚް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ދަރުސްތައް ފައްޓަވާނީ 28 ވަނަ ދުވަހުގެ ރޭ 8:30ގައި ކުޅުދުއްފުށިންނެވެ. މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ މާލޭގައި ބޭއްވުމަށް ނިންމާފައިވާއިރު 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫގައެވެ. އަދި އަންނަ މަހު އެއްވަނަ ދުވަހު ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ފަހު ދެވަނަ ދުވަހުގެ ރޭ ތިނަދޫގައި ދަރުސް ދެއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

ޝައިޚް އާސިމަކީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް ޝައިޚެވެ. އެމަނިކުފާނުގެ ދަރުސްތަކާއި ވަޢުޛުތައް ހުދާ ޓީވީ، ޕީސް ޓީވީ އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިނގިރޭސި ބަހުން ގެނެސްދެއެވެ.

 

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު