ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިއްސާރައާ ގުޅިގެން ފަސްކުރި “ޢިއްޒަތުގެ ބިން” ދަރުސް އަންނަ ހަފްތާގައި ބާއްވަނީ

120345 f9e1095d 5
STO_Ads
TTH_Ads
Advertisement

ވިއްސާރަވުމާއި ގުޅިގެން މީގެކުރިން ފަސްކުރި އިސްރާ އެސޯސިއޭޝަންގެ “ޢިއްޒަތުގެ ބިން” ދަރުސް، އަންނަ ހަފުތާގެ ބުރާސްފަތީގައި ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ މި ދަރުހަކީ ޣައްޒާގެ ހަނދާންތައް އަލުން އާކޮށް، ޣައްޒާގެ މިހާރުގެ ހާލަތު ބަޔާންކޮށްދިނުމަށްޓަކައި ބާއްވާ ދަރުހެކެވެ. އެ ދަރުސް އޮންނާނީ އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި، މާލޭގެ އާޓިފިޝަލް ބީޗުގައެވެ.

މި ދަރުސް ދެއްވާނީ ރާއްޖޭގެ މަގުބޫލު ޝެއިހުންކަމަށް ވާ ޝެއިހް ޢާޒިމް ޚާލިދާއި ޝެއިހް މުހައްމަދު އަނީލްއެވެ.

HajjCop_ads
MMA_Ads
Advertisement

އެ އެސޯސިއޭޝަނުން ބުނާ ގޮތުގައި ދަރުހުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް ޓްރެވެލާ ގްރޫޕް އިން ދޭ އުމްރާ ދަތުރެއް ލިބޭނެއެވެ.

އިސްރާ އެސޯސިއޭޝަނުން މީގެ ކުރިން ވެސް ވަނީ ޣައްޒާއަށްޓަކައި އަޑުއުފުލުމަށް ޓަކައި ގިނަ ހަރަކާތްތަކެއް މާލޭ ސަރަހައްދުގައި ބާއްވައިފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HBlMcLsbUAEawwa

އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ތ. ދިޔަމިގިލީގައި