ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަންއާއި ސްރީލަންކަން އެއާލައިންސާ ދެމެދު ދަތުރުފަތުރުގެ އެއްބަސްވުމެއް

Maldivian
TTH_Ads
Maldivian_Ads
STO_Ads
Advertisement

ގައުމީ އެއާލައިން “މޯލްޑިވިއަން”އާއި، ސްރީލަންކަން އެއާލައިންސްއާއި ދެމެދު ދަތުރުފަތުރުގެ އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ. މިއީ، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކާ ދެމެދު އޮންނަ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ އެއާލައިންގެ ވިއުގަ ބޭނުން ކުރާ ފަސިންޖަރުންނަށް މަންޒިލްތަކަށް ދަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި ޤާއިމުކުރި ގުޅުމެކެވެ.

މި އެއްބަސްވުމުގެ ދަށުން، ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަޤުވާމީ ވިއުގަ މެދުވެރިކޮށް ދަތުރު ކުރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް، މާލެއިން ބޭރުގައިވާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރު ކުރުމުގެ ފުރުޞަތު މޯލްޑިވިއަން އިން ފޯރުކޮށްދޭނެއެވެ. އަދި ދުނިޔޭގެ މުހިންމު ބާޒާރުތަކުން ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަކަށް ކޮލަމްބޯ މެދުވެރިކޮށް ފަސޭހަކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހި، ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ދަތުރު ކުރާ ފަރާތްތަކަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރަށް ދަތުރު ކުރާ މޯލްޑިވިއަންގެ ފަސިންޖަރުންނަށް ވެސް ކޮލަމްބޯ މެދުވެރިކޮށް ބައިނަލްއަޤުވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުކުރުމުގައި މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަކަމާއި އިތުރު އިޚްތިޔާރުތައް މި ފާޓްނަޝިޕްގެ ސަބަބުން ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

HajjCop_ads
Advertisement

މޯލްޑިވިއަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް އިޔާޒު ވިދާޅުވީ، މި ގުޅުމަކީ ރާއްޖެއަށް ދަތުރު ކުރުމުގެ ފުރުޞަތުތައް ފުޅާކޮށް، މާލެއިން ބޭރުން އަތޮޅު ތެރެއަށް އޮންނަ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ، ބައިނަލްއަޤުވާމީ ދަތުރުތައް ކުރާ ދިވެހިންނަށް ވެސް މީގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނުގެނޭ: އަމީން

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި