ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީދާ މަރާ ވިފަ ފެނިގެން ޖަރުމަނުގެ “ހިޕް” ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅި ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފި

43
STO_Ads
TTH_Ads
Advertisement

ޖަރުމަނުގެ “ހިޕް” ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުންދާތީ އެ ބްރޭންޑުގެ ކާނާ ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ މިއަދު ނެރުނު ބަޔާނެއްގައި ބުނީ، “ހިޕް” ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން ރޮޑެންޓްސައިޑް ނުވަތަ މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުންދާ ކަަމަށެވެ.

އަދި މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައި އުފެއްދުމަކަށް ނުވިޔަސް، އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

HajjCop_ads
Advertisement

މިފަދަ ވިހައެއްގެ ކުޑަ މިންވަރެއް ނަމަވެސް ތުއްތު ކުދިންގެ ހަށިގަނޑަށް ހިނގައްޖެނަމަ، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މި ނުރައްކާތެރި ވިހައިގެ އަސަރު ހުރިކަމަށް ބެލެވޭތީ، އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބާޒާރުން އެ އުފެއްދުންތައް އަނބުރާ ނަގަމުންނެވެ.

މިކަން ހިނގާފައިވާ ގޮތް ދެނެގަތުމަށާއި، މިއީ ގަސްދުގައި ބަޔަކު ކޮށްފައިވާ ކަމެއްތޯ ބެލުމަށްޓަކައި އޮސްޓްރިއާގެ ފުލުހުންގެ އިދާރާއިން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

އާންމު ފިހާރަތަކުގައި އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކުން މަނާކޮށްފި

Qw

ހުއްދަ ނެތި ބޭސް އެތެރެކުރާ ފަރާތްތައް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އާ ގަވާއިދެއް

Qw

ފުޓް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ޖޫރިމަނާ ކުރެވޭ އުސޫލެއް ނެރެފި

health ministry

ސާބިތުނުވާ ބަރުދަން ލުއިކުރާ އުފެއްދުންތައް އިޝްތިހާރުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ދީފި