ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަކީ އީރާނުގެ ޝަރުތެއް، އެމެރިކާއާ ވާހަކަ ދައްކަން ދެންއޮތީ މައިގަނޑު 3 ނުކުތާ

ލުބުނާނުގެ ދެކުނުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލަށް އިސްތިއުމާރީ ސިފައިން ބޮންއަޅައި ދީފައިވާ ގެއްލުންތައް:
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުން ލުބުނާނަށް ދެމުންގެންދިޔަ އުދުވާނީ ހަމަލާތައް ހުއްޓާލުމަކީ، ހަނގުރާމަ މެދުކަނޑާލަން އީރާނުން ކުރިމަތިކުރި ޝަރުތެކެވެ. އީރާނުގެ އެ ޝަރުތަށް އެމެރިކާއިން ފުރަތަމަ އެއްބަސްވުމަށްފަހު ނަތަންޔާހޫ ޕްރެޝަރ ކުރާން ފެށުމުން ފަހުން އެމެރިކާއިންވެސް ވަނީ ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމުގެ ޝަރުތާ ދެކޮޅު ހަދާފައެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންގެންދިޔަ ޓެރަރިސްޓު ހަމަލާތައް 10 ދުވަހަށް ހުއްޓާލަން ވެވުނު އެއްބަސްވުމުގެ ދަށުން ރޭ މެންދަމުން ފެށިގެން މިވަނީ ހަމަލާތައް ހުއްޓާލާފައެވެ. ހަމަލާތައް ހުއްޓާލި ނަމަވެސް އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަކުން ނުފައިބައެވެ. ހިޒްބުﷲގެ ތަންތަން ކަމަށް އެމީހުން ކަނޑައަޅާ ގެތަކާއި އިމާރާތްތައް ގޮއްވުމުގައި އެބަ އުޅެއެވެ.

އެކަމަކު، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަކީ އެމެރިކާއާ ވާހަކަ ދައްކައިގެން ހަނގުރާމަ ދާއިމަށް ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން ވާހަކަ ދައްކަން އީރާނުން އެންމެ ފުރަތަމަވެސް ކުރިމަތިކުރި ޝަރުތަކަށް ވާތީ އެކަން މިހާރު މިވަނީ ފުރިހަމަ ވެފައެވެ.

HajjCop_ads
Advertisement

އެމެރިކާއާއި އީރާނާ ދެމެދު ސީރިއަސް ވާހަކަތަކެއް ދައްކަންޖެހޭ ދެން އޮތީ މައިގަނޑު 3 ނުކުތާއެކެވެ. އެއީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، އީރާނުގައި ފައްކާކޮށްފައި ހުރި ޔޫރޭނިއަމްގެ މައްސަލައިގެ އިތުރުން، ހޮރްމޫޒު ކަނޑުއޮޅީގެ މައްސަލައެވެ.

މީގެއިތުރުންވެސް، އެހެން ބައެއް މައްސަލަތާކާ މެދުވެސް ދެފަރާތުން ވާހަކަ ދައްކާނެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ދެވަނަ ބުރުގެ ވާހަކަތައް ބާއްވަން ޕާކިސްތާނުން ގެންދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ވާހަކަތައް ބާއްވާނެ ތާރީޚެއް އަދި  ކަނޑައަޅާފައި ނުވާއިރު، މިހާރު ކުރިއަށްދާ ކަމަކީ ދެފަރާތުގެ ދެމެދުގައި މެސެޖް ބަދަލު ކުރުމެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު ދެވަނަ ބުރުގެ ވާހަކަތައް ވަރަށް އަވަހަށް ބޭއްވޭނޭ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ބުނެފައިވަނީ، ވާހަކަތައް ހަފްތާ ނިމުމުގެ ކުރިން ފެށޭނެ ކަމަށާއި، ވާހަކަތައް އޮންނާނީ އިސްލާމްއާބާދުގައި ކަމަށެވެ.

ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމާ ގުޅިގެން އީރާނާއި، ޕާކިސްތާނާއި، ސޫރިޔާ، ސައުދީ އަރަބިއްޔާ އަދި ސަރަހައްދުގެ އެހެން ގައުމުތަކުންވެސް އެކަމަށް މަރްހަބާ ކިޔާފައި ވާއިރު، ލުބުނާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އުފާފާޅުކޮށްފައިވެސް ވެއެވެ.

އެކަމަކު، އިސްރާއީލު ސިފައިން ލުނުނާނުގެ ދެކުނުގައި އަދިވެސް ތިބުމާއި، ރައްކާތެރި ނޫންކަމަށް ބުނެ ލުބުނާނު ސަރުކާރުން ގެންދަނީ، އާންމުން އެނބުރި ގެތަކަށް އަދި ނުދިއުމަށް އިލްތިމާސް ކުރަމުންނެވެ. ސަރުކާރުގެ އިލްތިމާސާއެކުވެސް އެތައް އާއިލާއެއް ދެކުނަށް ދަތުރު ފަށާފައި ވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު

ހަނގުރާމައިގެ ތެރޭގައި އީރާނުގެ ފައިޓަރ ޖެޓުތަކުން ދިން ކާމިޔާބު ހަމަލާތަކުގެ މައުލޫމާތު އީރާނުން ހާމަކޮށްފި