ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

4 މިލިއަން ރުފިޔާގެ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާސިފަކީ ސޯލިހުގެ މާފެއްގެ ދަށުން މިނިވަންވި މީހެއް

43
TTH_Ads
STO_Ads
Advertisement

މާލޭގެ ގެއަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި އުމުރުން 36 އަހަރުގެ އިސްމާޢީލް އާސިފަކީ، 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ދެއްވި މާފެއްގެ ދަށުން މިނިވަންވެފައިވާ މީހެއްކަން އެނގިއްޖެއެވެ.

ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލަން އުޅުމުގެ ކުށުގައި އާސިފްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ސެޕްޓެމްބަރު 2022 ގައެވެ.

އޭނާގެ ހުކުމް ލުއިކޮށްދީފައިވަނީ 19 ސެޕްޓެމްބަރު 2023 ގައެވެ. އެއީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު، ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. 10 އަހަރުގެ ހުކުމް އެންމެ 5 ދުވަހަށް ކުރުކޮށްލުމަށްފަހު، އޭނާ ޖަލުން މިނިވަންކުރީ 25 ސެޕްޓެމްބަރު 2023 ގައެވެ.

HajjCop_ads
MMA_Ads
Advertisement

އާސިފްގެ މައްޗަށް 10 އަހަރުގެ ހުކުމް އައީ 2019 ވަނަ އަހަރު އއ. މާޅޮސް ކައިރީގައި އޮތް ‘ޖަރީ’ ނަމަކަށް ކިޔާ ދޯންޏެއްގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާގައި އޭނާ ވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާޢީލް ހައްމާދާ ދެބަސްވެ، އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ ކަނޑަށް ވައްޓާލާފައެވެ. ހައްމާދު ސަލާމަތްވީ ފަތާފައި އެއްގަމަށް އެރުމުންނެވެ.

އިބްރާހީމް އަހްމަދު (މަނިކު ސޭޓު)ގެ ގެއިން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އާސިފް މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ. އޭނާއަކީ މަނިކު ސޭޓުގެ އާއިލީ މީހަކަށް ވާއިރު، ވައްކަން ކުރި ދުވަސްވަރު ގޭގައި ހުރީ އޭނާ އެކަންޏެވެ. މީގެ އިތުރުން، މިދިޔަ އަހަރު އޭނާގެ ކޮއްކޮއާ ގުޅުންހުރި މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 06 12 at 17.12.31

ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ސޯލިހު ވިދާޅުވެއްޖެ

H6txovzbmjojwefnjhdb

ޗެއާޕާސަން ކަމަށް ނަޝީދު ވާދަކުރާކަށް ނުޖެހޭ: ސޯލިހު

Igmh

ކުރީގެ ތިން ރައީސުން ގުޅިގެން އުފެއްދި ކޮމިޓީއަށް މެންބަރުން އައްޔަންކޮށްފި

Igmh

އަދީބު މިނިވަންކުރުން ސޯލިހު ދިފާއު ކުރައްވައިފި، ވިދާޅުވީ މައާފަށް އެދެންޖެހޭ ސަބަބެއް ނެތް ކަމަށް