ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވާހަކަތަކަށް އީރާނު ވަފުދު ޕާކިސްތާނުގައި، އެމެރިކާ ވަފުދު އަދި ނާދޭ

އީރާނު ޕާލަމެންޓްގެ ރައީސާއި، ޚާރިޖީ ވަޒީރު އިސްލާމްއާބާދޫ އެއަރޕޯޓްގައި:
TTH_Ads
STO_Ads
Advertisement

އެމެރިކާއާއެކު ބާއްވާ ވާހަކަތަކަށް އީރާނުގެ ވަފުދު ރޭގައިވަނީ ޕާކިސްތާނަށް ގޮސްފައެވެ.

ކުރިންވެސް ރިޕޯޓް ކޮށްފައިވާ ގޮތަށް އީރާނުގެ ވަފުދުގެ އިސް ވެރިޔަކަށް ވަޑައިގެންނެވީ އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފެވެ. ގާލިބާފްގެ އިތުރުން، އީރާނު ސަރުކާރުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަޣްޗީވެސް ރޭގައިވަނީ އިސްލާމްއާބާދަށް ވަޑައިގެންފައެވެ.

އީރާނު ޕާލަމެންޓުގެ ރައީސާއި ޚާރިޖީ ވަޒީރާއި އީރާނުގެ ވަފުދަށް އިސްލާމްއާބާދީ އެއަރޕޯޓުން މަރްހަބާ ވިދާޅުވީ، ޕާކިސްތާނު އަސްކަރިއްޔާގެ ފީލްޑް މާޝަލް އާސިމް މުނީރާއި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބް އިސްހާގް ދާރްއެވެ. އިސްލާމްއާބާދު އެއަރޕޯޓުން އެބޭފުޅުންނަށް މަރްހަބާ ދަންނަވާ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

HajjCop_ads
Advertisement

އެމެރިކާއާއި އީރާނާ ދެމެދު ޕާކިސްތާނުގައި ބާއްވާ ވާހަކަތަކަށް މުޅި އިސްލާމްއާބާދުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފައެވެ. އީރާނުގެ ވަފުދު ޕާކިސްތާނަށް އައިސްފައިވަނީ ޕާކިސްތާނު ވައިގެ ސިފައިންގެ ޚާއްސަ ބެލުމުގެ ދަށުންނެވެ. އީރާނުގެ ވަފުދަށް އިސްރާއީލުން އުދުވާނީ ހަމަލާއެއް ދީފާނެތީ ޕާކިސްތާނު އަސްކަރީ ޖެޓުތަކުގެ ފުރިހަމަ ހިމާޔަތުގައެވެ.

އީރާނު މީޑިއާއިން ބުނެފައިވަނީ، އީރާނު ވަފުދުގައި 71 މެމްބަރުން ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ޕާލަމެންޓުގެ ރައީސާއި، ޚާރިޖީ ވަޒީރުގެ އިތުރުން، ވަފުދުގެ އެހެން ބޭފުޅުންނާއި، އެކްސްޕާޓް އެޑްވައިޒަރުންނާއި، މީޑިއާ މަންދޫބުނާއި، ޑިޕްލޮމެޓިކް އަދި ސެކިއުރިޓީ މަންދޫބުންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އެމެރިކާއާއެކު ވާހަކަ ދައްކަން ވަޑައިގެންނެވި ވަފުދުގައި ހިމެނޭ ޚާއްސަ އެހެން ބޭފުޅުންގެ ތެރޭގައި ސެންޓްރަލް ބޭންކް ގަވަރްނަރ އަބްދުއްނާސިރު ހިންމަތީއާއި، ސުޕްރީމް ނޭޝަނަލް ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އަލީ އަކްބަރު އަހަމަދިޔަންއާއި، ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޣާރިބްއަބަދީއާއި، ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަޣާއީވެސް ހިމެނިވަޑައި ގަންނަވައެވެ.

އީރާނުގެ ވަފުދު ޕާކިސްތާނަށް ގޮސްފައި ވާއިރު، އެމެރިކާގެ ވަފުދު އަދި އުޅެނީ އީރާނަށް އައުމުގެ މަގުމަތީގައެވެ. އެމެރިކާގެ ނައިބް ރައީސް ޖޭޑީ ޕެންސް ހިމެނޭހެން އެމެރިކާގެ ވަފުދު ޕާކިސްތަނަށް އައުމަށް މިހާރު ފުރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި