މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނަވަރީ މަހުގެ ތެރޭގައި މިފްކޯއަށް 2،454 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި ފެބުރުއަރީ މަހުގެ ތެރޭގައި 1،108 ޓަނުގެ މަސް ކިރުވާފައިވާއިރު، މާރިޗު މަހުގެ ތެރޭގައި މިފްކޯއަށް 1،625 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއާއެކު، އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި 5،186 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
ކިރުވި މަހުގެ ތަފްޞީލް
ކަޅުބިލަމަސް
- ޖެނުވަރީ: 2،302 ޓަނު
- ފެބުރުވަރީ: 980 ޓަނު
- މާރިޗު: 1،517 ޓަނު
ކަންނެލި
- ޖެނުވަރީ: 153 ޓަނު
- ފެބުރުވަރީ: 128 ޓަނު
- މާރިޗު: 108 ޓަނު
މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާގެ ތަފްޞީލު:
ކަޅުބިލަމަސް
- ޖެނުވަރީ: 37.1 ރުފިޔާ
- ފެބުރުވަރީ: 16.1 ރުފިޔާ
- މާރިޗު: 26.8 ރުފިޔާ
ކަންނެލި
- ޖެނުވަރީ: 3.2 ރުފިޔާ
- ފެބުރުވަރީ: 2.9 ރުފިޔާ
- މާރިޗު: 2.4 ރުފިޔާ
ސަރުކާރުން އަންނަނީ މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު