ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީޓޮޕްގެ ހެލްތު ކޭމްޕެއް މިމަހު 10 އަދި 11ގައި ށ. ފުނަދޫގައި

tree top
TTH_Ads
Maldivian_Ads
STO_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ފުރަތަމަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕް މިމަހުގެ 10 އިން 11 އަށް ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕޮޓަލުން ބުނީ މި ހެލްތު ކޭމްޕުގެ މަގުސަދަކީ އެ އަތޮޅުގެ ކައިރި ރަށްރަށުގެ ރައްޔިތުންނަށް ކުރިއާލާ ރެޖިސްޓްރީވެ، ތަފާތު ދާއިރާތަކުގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށްރަށުގެ ސިއްހީ ހިދުމަތްތެރިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމެވެ.

މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 10 އިން 11 އަށެވެ. މިއީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓް މުވައްޒަފުންނަށް މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ލިބޭ ފުރުސަތެކެވެ.

HajjCop_ads
Advertisement

ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ ޓީމްމި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާހަގަކޮށްލެވޭ ހަތް ސްޕެޝަލިސްޓުންގެ ޓީމެއް ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

ކަށީގެ ބަލިތަކުގެ ހާއްސަ – ޑރ. މުހައްމަދު ހަބީބް އަދި ޑރ. އަލީ މުޒުނީ
ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ – ޑރ. އަނިޝް މާން ސިންގް
ހަމުގެ ބަލިތަކުގެ ހާއްސަ – ޑރ އަނޫ. އަގަރްވާލް
އެންޑަކްރިނޮލޮޖީ / ހޯމޯންގެ ބަލިތަކުގެ ހާއްސަ – ޑރ. ޕަންކަޖް ޕަތަވަރީ
ފުއްޕާމޭގެ ބަލިތަކުގެ ހާއްސަ – ޑރ. ނަޒްމީ ލަތީފް
ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހާއްސަ – މެހްމެޓް އޮޑޭ
މިއީ މ، ދ، ތ، ގއ، ގދ، ހއ އަދި ލާމު އަތޮޅުގައި ކާމިޔާބުކަމާ އެކު ހިންގި ޕްރޮގްރާމްތަކަށްފަހު، ޓްރީ ޓޮޕް ހޮސްޕިޓަލުން އިންތިޒާމުކުރާ 17 ވަނަ ހެލްތު ކޭމްޕެވެ.

ރެޖިސްޓްރޭޝަންއެޕޮއިންޓްމަންޓް ހެއްދުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 9 އެވެ. ރެޖިސްޓްރީވުމަށް 6540061 ގުޅުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 07 at 20.10.25

ފުނަދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 09 20 at 14.28.23

ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ނާސިން ސްކޮލަޝިޕްގެ ފުރުސަތުތަކަށް ހުޅުވާލަނީ

WhatsApp Image 2026 08 24 at 12.14.48

ބީއެމްއެލް އިން ފުނަދު އާއި މިލަންދޫ ސްކޫލް ދަރިވަރުންނަށް އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަން ބާއްވައިފި